އިންޑިއާއާ ގުޅިގެން ހެދި ތިންވަނަ ހައިޑްރޯގްރެފިކް ސާވޭ ނިންމާލައިފި

ހައިޑްރޯގްރެފިކް ސާވޭގެ ހަތަރު ފެއާ ޝީޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ހައިޑްރޯގްރެފިކް ސާވޭގެ ހަތަރު ފެއާ ޝީޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

އިންޑިއަން ނޭވީއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ތިން ވަނަ ހައިޑްރޯގްރެފިކް ސާވޭ ނިންމާލައިފި އެވެ.

ޖެނުއަރީ 19 ވަނަ ދުވަހުން ފެބްރުއަރީ 26 އަށް އިންޑިއަން ނޭވަލް ޝިޕް އިންވެސްޓިގޭޓަރުން މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ.

އެގޮތުން, މި މުއްދަތުގައި އިހަވަންދިއްޕޮޅާއި ތިލަފުންމަތީގެ އަތޮޅިތައް އަދި ގައްލަންދު ކަނޑު ހިމެނޭހެން އުތުރުގެ ސަރަހައްދުތައް ސާވޭކޮށްފައި ވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީން ބުނީ މި ސާވޭގައި 6308 ކިލޯމީޓަރުގެ ސައުންޑިން ކަވަރުކޮށްފައިވާ ކަމަށެވެ. އަދި ސައުންޑިން ލައިންތަކުން 2630 އަކަ ކިލޯމީޓަރުގެ ސާވޭއެއް ކޮށްފައިވާ ކަމަށެވެ.

މި ސާވޭތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެއްގަމާއި ބޯޓާއި ހެލިކޮޕްޓަރާއި އުޅަނދުފަހަރުގައި ގަދަވަޔާއި ވިއްސާރައިގައި ކަމަށް އިންޑިއާ އެމްބަސީން ބުނެ އެވެ.

މި ސާވޭގައި ހެލިކޮޕްޓަރާއި ބޯޓު ބޭނުން ކުރުމުގެ އިތުރުން 88 ކިލޯމީޓަރުގެ ފައިމަގުގައި ހިނގާފައިވާއިރު ގިނަ ސަރަހައްދުތަކެއްގައި ސާވޭކުރުމަށް މަލްޓި ބީމް އެކޯ ސައުންޑާ ބޭނުންކޮށްފައި ވެއެވެ.

ސާވޭގެ ހޯދުންތަކަށް އަލިއަޅުވާލަމުން އިންޑިއާ އެމްބަސީގެ ނޫސްބަޔާނުގައި ބުނީ މި ސާވޭގައި އިހަވަންދިއްޕޮޅުން އަލަށް 52 ޝޮލް ފެނިފައިވާ ކަމަށެވެ.

ތިން ވަނަ ހައިޑްރޯގްރެފިކް ސާވޭއަށްފަހު އައިއެންއެސް އިންވެސްޓިގޭޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސާވޭކުރި ސަރަހައްދުތަކުގެ ހަތަރު ފެއާ ޝީޓް, ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްފަ އެވެ.

ހައިޑްރޯގްރެފިކް ސާވޭ ކުރިއަށް ގެންދިޔަ ބޯޓުން ކުޅުދުއްފުއްޓާއި މާރަންދޫ އަދި ހޯރަފުށީގެ އުދައިގެ އޮބްޒަވޭޝަންތަކެއް ކޮށްފައިވާއިރު, ކުރިއަށް އޮތްތަނުގައި އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް އެ ނޫސްބަޔާނުގައި ބުނެ އެވެ. އެ ބަޔާނުގައި ބުނީ މާރަންދު އާއި ހޯރަފުށީގައި އާ ބެންޗްމާކްތަކެއް ގާއިމުކޮށްފައިވާ ކަމަށާއި, އޭގެ ސަބަބުން އުދައިގެ ސައްހަ ރީޑިން އާއި އަންދާޒާތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ހަމައެއާއެކު މި ސާވޭގެ ސަބަބުން މުސްތަގުބަލުގައި އިހަވަންދިއްޕޮޅު އަދި ތިލަދުންމަތި ހިމެނޭގޮތަށް ބޮޑު ދެ ޗާޓާއި މީޑިއަމް ސްކޭލް ޗާޓް ޗާޕުކުރުމަށް މަގުފަހިވެގެންދާނެ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މި ސާވޭތަކުގެ ސަބަބުން އުޅަނދުފަހަރުގެ ނެވިގޭޝަނަލް ސޭފްޓީ އިތުރުވެ, އަޕްޑޭޓެޑް, އިލެކްޓްރޯނިކް ނެވިގޭޝަނަލް ޗާޓުތައް އުފެދިގެންދާނެ އެވެ.

މި ސާވޭގައި ސަބަބުން ދިވެހި ސިފައިންގެ ތެރޭގައި ހައިޑްރޯގްރެފިކް ފެސިލިޓީތައް ގާއިމުކުރުމަށް އެހީތެރިވެދޭއިރު, އިންޑިއާއިން ވަނީ ހައިޑްރޯގްރެފިކް ސާވޭ ސެޓެއް ވެސް ރާއްޖެއަށް ދީފަ އެވެ. މީގެ ސަބަބުން މޯލްޑިވްސް ހައިޑްރޯގްރެފިކް ސާވިސްގެ ސާވޭތައް ހެދުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އިންޑިއާ އެމްބަސީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox