އެއްވެސް ސަރުކާރެއްގައި ގާސިމު ނާޖާއިޒު ފައިދާއެއް ހޯދާފައި ނުވާނެ ކަމަށް ޖޭޕީން ބުނެފި

ގާސިމް އިއްުޔެ ރައީސް އާ ބައްދަލުކުރެއްވުމަށް ފަހު ނިކުންނަވަނީ؛ އެއްވެސް ސަރުކާރަކުން ނާޖާއިޒް ފައިދާއެއް ހޯދާފައިނުވާނެ ކަމަށް ޖޭޕީން ބުނޭ-- ފޮޓޯ: މިރާޝް/ އަދަދު

ގާސިމް އިއްުޔެ ރައީސް އާ ބައްދަލުކުރެއްވުމަށް ފަހު ނިކުންނަވަނީ؛ އެއްވެސް ސަރުކާރަކުން ނާޖާއިޒް ފައިދާއެއް ހޯދާފައިނުވާނެ ކަމަށް ޖޭޕީން ބުނޭ-- ފޮޓޯ: މިރާޝް/ އަދަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އެއްވެސް ސަރުކާރެއްގައި ނާޖާއިޒު ފައިދާ ހޯދާފައިވާ އަދި އެކަމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ވެސް ނޫން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަންނަ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީއިން ކުރިއަށްދާނެ ގޮތެއް މިހާތަނަށް ނިންމާފައި ނުވާއިރު ގާސިމް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމުން ތަފާތު އެކި އަޑުތައް ދަނީ ފެތުރެމުންނެވެ. އެގޮތުން ބޮޑެތި ލޯނުތަކާއި ރާއްޖޭގެ ބައެއް ފަޅުރަށް ހޯދުމަށް ޑިމާންޑުކުރާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ރާއްޖޭގެ އެއްވެސް ފަޅުރަށެއް، ފަޅެއް، ފަރެއް އަދި ފިނޮޅެއްވެސް ނާޖާއިޒު ގޮތުގައި ނުހައްގުން ބަޔަކާ ގުޅިގެން ވެސް ގާސިމް ހޯދާފައިނުވާ ކަމަށެވެ.

"އެފަދަ މުއާމަލާތެއް ކުރުމުގެ ވިސްނުންފުޅެއް ދުވަހަކު ވެސް ނުގެންގުޅުއްވަ އެވެ. އެފަދަ މުއާމަލާތެއްގެ މުގާބިލުގައި އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކުރެއްވިކަން އެއްވެސް އިރަކު ފެންނާކަށްވެސް ނެތެވެ،" އަލީ ސޯލިހު ވިދާޅުވި އެވެ.

އަލީ ސޯލިހު އިތުރަށް ވިދާޅުވީ މިކަމުގެ އެއް ހެއްކަކީ ރާއްޖޭގެ އެއްވެސް ތަހުގީގީ އިދާރާއެއްގައި، ޝަރުއީ ކޯޓެއްގައިވެސް އަދި ޝަރުއީ ކޯޓެއްގައި ހިނގާ ނިމި ހުކުމެއް އައިސްފައިވާ މައްސަލައެއް ނެތުމެވެ.

އޭނާ އެ މާނަ ކުރެއްވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައެއް ފަޅުރަށްތަކުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމެނިފައިވުމެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ވާދަ ކުރުމަށް, މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސުން ވަނީ ނިންމައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު ހުށަހެޅުއްވި އެ ގަރާރު ކޮންފަރެންސްގެ އިއްތިފާގުން ފާސްވި ނަމަވެސް، ގަރާރަށް އަމަލު ކުރާނީ ކައުންސިލުން ގޮތެއް ނިންމުމުންނެވެ.

ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމާ ހެދި "މޮޔަވާން ޖެހޭ" ސަބަބެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވުރެ އޭނާގެ ޝައުގު އޮތީ މި ގައުމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކަށް ތަރުހީބު ދީ އެކަންތައްތައް ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށެވެ.

"އަޅުގަނޑު ކޮންކަމަކާތޯ މިތާ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ މަގާމަށް އަންނަން އަޅުގަނޑު މަސައްކަތް ކުރަންވީ. ކޮން އެއްޗަކަށް ހަދަންތޯ. ކޯއްޗެއްތޯ އަޅުގަނޑަށް ނެތީ. ﷲ އަޅުގަނޑަށް ދެއްވާފައިވާ އެ ނިއުމަތް ވަނީ ފުރާ ފުރިހަމަ ކުރައްވާފައި. ވަރަށް ރަނގަޅަށް. އައިމް ނޮޓް ކްރޭޒީ އިނގޭތޯ؟،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ އިތުރުން ގާސިމްގެ ތާއީދު ހޯދުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި، ނާކާމިޔާބުވުމުން، ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރެއިން ގޮފިތަކެއް ހެދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox