ރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަތްކޮޅު އަރުވައިފި

ރާއްޖޭގެ ސަފީރު މުހައްމަދު ހަލީލު (ވ)، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ސަފީރު މުހައްމަދު ހަލީލު (ވ)، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، މުހައްމަދު ހަލީލު ފަލަސްތީނުގެ ރައީސަށް ފަތްކޮޅު އަރުވައިފި އެވެ.

ހަލީލު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައި އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ އިއްޔެ އުރުދުންގައި ހުންނަ ފަލަސްތީނުގެ އެމްބަސީގައި ކުރިއަށް ދިޔަ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގަ އެވެ.

ފަތްކޮޅު އެރުށްވުމަށްފަހު ރައީސް އައްބާސް ވަނީ ރާއްޖޭގެ ސަފީރަށް މަރުހަބާ ދަންނަވައި އެބޭފުޅާގެ ސަފީރުކަމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަލަސްތީނާ ދޭތެރޭ ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ އެކަމަށް އައްބާސް ޝުކުރު އަދާކުރެއްވި އެވެ.

މީގެއިތުރުން ރައީސް އައްބާސް ވަނީ ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރަމުންގެންދާ މަސައްކަތުގައި ރާއްޖޭގެ ދައުލަތާއި ދިވެހިން އަބަދުވެސް ކުރަމުންގެންދާ ތާއީދަށާއި މެދުއިރުމަތީ ސަރަހައްދުގެ އަމަންއަމާންކަން ގާއިމުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންގެންދާތީ އެކަމަށް ޝުކުރުއަދާކުރައްވާ ރައީސް އައްބާސް ވަނީ ރާއްޖޭގެ މަސައްކަތަށް ތައުރީފުކުރައްވާފަ އެވެ.

ރާއްޖޭގެ ސަފީރު ހަލީލު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުންނާއި ރައީސް ސޯލިހުގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނާއި ރައީސް އައްބާހަށް ޝުކުރުއަދާކުރެއްވި އެވެ. އަދި، ފަލަސްތީނުގެ ދިފާއުގައި ރައީސް ސޯލިހުގެ ސަރުކާރާއި ދިވެހިން ތިބޭނެ ކަމުގެ ޔަގީންކަން ހަލީލު ދެއްވި އެވެ.

މީގެއިތުރުން، 1967ގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ އަދި އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ އަމިއްލަ ސިޔާދަތެއް ލިބިފައިވާ މިނިވަން ފަލަސްތީނެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން ތާއީދުކުރަމުންދާ ސިޔާސަތު ހަލީލު ތަކުރާރުކުރެއްވި އެވެ.

ރާއްޖެއާއި ފަލަސްތީނާ ދެމެދު 4 އޭޕްރިލް 1982 ގައި ސިޔާސީ ގުޅުން ގާއިމު ކުރެވުނު ނަމަވެސް، މިއީ ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅި ސަފީރަކު އެ ގައުމުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox