ކޯލިޝަން ހަދަން މަޝްވަރާ ކުރާނީ ޕާޓީގެ ކައުންސިލުން ގޮތް ނިންމުމުން: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށްފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އޮފީހުން ނުކުއްނަވަނީ - ފޮޓޯ: މިރާޝް ނާސިމް / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށްފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އޮފީހުން ނުކުއްނަވަނީ - ފޮޓޯ: މިރާޝް ނާސިމް / އަދަދު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން އެހެން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރާނީ ޕާޓީގެ ކައުންސިލުން ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމުމުން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީއިން ކުރިއަށްދާނެ ގޮތެއް މިހާތަނަށް ނިންމާފައި ނުވާއިރު މިއަދު ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ގާސިމް ވިދާޅުވީ މިއަދު ބައްދަލުވުމުގައި ކުރެވުނީ ސިޔާސީ މަޝްރަހުގެ މަޝްވަރާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އެކު ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާއެއް ކުރެވުނުތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ކޯލިޝަން ހެދުމާ ގުޅޭގޮތުން ވާހަކަ ދައްކާނީ އެ ޕާޓީގެ ކައުންސިލުން ވަކި ގޮތެއް ނިންމުމުން ކަމަށެވެ.

"މިހާތަނަށް ކައުންސިލުން ވަކި ގޮތަކަށް ނުނިންމާ، ކޮންފަރެންސުން އެއޮތީ ގަރާރެއް ފާސްކޮށްފައި، އެ ގަރާރުގަ މި ބުނަނީ އަޅުގަނޑުމެން ވަކި މީހަކު އިންތިހާބަށް ނެރެން" ގާސިމް ވިދާޅުވި އެވެ.

އޭގެއިތުރުން، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމާމެދު ގާސިމް ދެކިލައްވާ ގޮތާ ގުޅިގެން އަދި ވާހަކަ ދައްކަން ހިޔާލު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް އާއެކު ކޯލިޝަނެއް ހެދުމަށް އެއްވެސް މަޝްވަރާކުރެވިފައިވޭތޯ ސުވާލުކުރުމުންވެސް ގާސިމް ދެއްކި ޖަވާބަކީ ކޯލިޝަނުގެ ވާހަކަ ދެކެވޭނީ ކައުންސިލްގެ ނިންމުމަށްފަހު ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ވާދަ ކުރުމަށް, ނިމިގެން ދިޔަ ހަފުތާ ބަންދުގައި ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސުން ވަނީ ނިންމައިފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު ހުށަހެޅުއްވި އެ ގަރާރު ކޮންފަރެންސްގެ އިއްތިފާގުން ފާސްވި ނަމަވެސް، ގަރާރަށް އަމަލު ކުރާނީ ކައުންސިލުން ގޮތެއް ނިންމުމުންނެވެ.

ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމާ ހެދި "މޮޔަވާން ޖެހޭ" ސަބަބެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވުރެ އޭނާގެ ޝައުގު އޮތީ މި ގައުމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކަށް ތަރުހީބު ދީ އެކަންތައްތައް ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށެވެ.

"އަޅުގަނޑު ކޮންކަމަކާތޯ މިތާ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ މަގާމަށް އަންނަން އަޅުގަނޑު މަސައްކަތް ކުރަންވީ. ކޮން އެއްޗަކަށް ހަދަންތޯ. ކޯއްޗެއްތޯ އަޅުގަނޑަށް ނެތީ. ﷲ އަޅުގަނޑަށް ދެއްވާފައިވާ އެ ނިއުމަތް ވަނީ ފުރާ ފުރިހަމަ ކުރައްވާފައި. ވަރަށް ރަނގަޅަށް. އައިމް ނޮޓް ކްރޭޒީ އިނގޭތޯ؟،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ގާސިމްގެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން އެއްވެސް ވާހަކައެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox