މި އަހަރު ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީއަކު ފުރަން ތައްޔާރުވެފައި - ފޮޓޯ: އަދަދު ފައިލް

މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީއަކު ފުރަން ތައްޔާރުވެފައި - ފޮޓޯ: އަދަދު ފައިލް

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭ އެކުލަވާލި 'ދިވެހި ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު' ގައިވާ ގޮތުގެ މަތިން ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ކަަމަށެވެ.

މި އުސޫލުގައިވާ ގޮތުގެ މަތިން ޕްރޮޕޯސަލް ހުށަހެޅޭނީ ސައްތައިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނި ތަކަށެވެ. މި ކުންފުނިތަކުގައި ތިރީގައިވާ ޝަރުތުތައްވެސް ހުންނަންވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

  • ރާއްޖޭއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮވެ އެ ހިދުމަތް ދެ އަހަރު ދީފައިވުން
  • ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރަމުންދާ ނުވަތަ ޖިނާއި ކުށުގެ ތެރެއިން ފައިސާގެ ހިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތުކުރެވިފައިވާ ފަރާތެއްކަމުގައި ނުވުން
  • ހުއްދައަށް އެދޭ ކުންފުނީގެ ބޯޑުގައި މަދަނީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތެއް ހިމެނޭނަމަ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ދިއުން
  • ހައްޖުގެ ކަމަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ނުވަތަ ހައްޖުގެ ކަންތައްތަކާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ފައިސާ ދައްކަންޖެހި، އެ ފައިސާ ދައްކައިފައިނުވާ، ނުވަތަ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ކުންފުންޏެއް ކަމުގައި ނުވުން
  • އެއްވެސް ޓެކްސް އިދާރާއަކަށް ދައްކަންޖެހިފައި އޮތް ކުންފުންޏެއް ކަމުގައި ނުވުން

މީގެއިތުރުން، ހައްޖުގެ ޕްރޮޕޯސަލްއާ ގުޅޭ މައުލޫމާތު ކަރުދާސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމާ ގުޅޭ މައުލޫމާތު ސެޝަން 2 އެޕްރީލް 2023 ގެ 10:00 ގައި އިސްލާމިން މިނިސްޓްރީގެ މީޓިން ރޫމް 1 ގައި އޮންނާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އަދި، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ދައްކަންޖެހޭ ފީ ދެއްކުމުގެ ފުރުސަތު 13 އެޕްރީލް 2023 ގެ 12:00 އާ ހަމައަށް ހުޅުވާލެވިފައި އޮންނާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 10،000 ރުފިޔާ އެވެ.

މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި ފީ ދައްކާ ފަރާތްތަކަށް ކަމަށެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި އިއުލާނުގައި ބުނެފައިވަނީ 14 އެޕްރީލް 2023 ގެ 10:00 އާ ހަމައަށެވެ.

މި އަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި ދީފައިވަނީ 1،000 ކޯޓާ އެވެ. މީގެ އިތުރުންވެސް ދިވެހިންނަށް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 453 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާއަށް މީހުން ހައްޖަށް ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ.

މި އަހަރު ކޮވިޑުގެ ކުރިން ހައްޖުވެރިންނަށް ދިން އަދަދަށް ކޯޓާ ދޫކުރާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

ކޮވިޑްގެ ކުރިން ހައްޖުގެ އަޅުކަމުގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު 2021ގެ ހައްޖުގައި ފުރުސަތު ދިނީ އެންމެ 10،000 މީހުންނަށެވެ. ނަމަވެސް، ކޮވިޑު ފެތުރުން މަދުވެ ފިޔަވަޅުތަކަށް ދިން ލުޔާއެކު މިދިޔަ އަހަރު ސައުދީން ވަނީ އެއްމިލިއަން މީހުންނަށް ހައްޖު ކޯޓާ ދޫކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox