ޔާމީނާމެދު އެމްޑީއޭގެ އޮތީ ހުސް ޝަކުވާ؛ ކޯލިޝަން އެގްރީމެންޓުގެ 10 ޕަސެންޓު ވެސް ނުލިބޭ

ސިޔާމް އަދި ޔާމީން؛ 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގައި--- ފޮޓޯ: ރައީސް އޮފީސް އާކައިވް

ސިޔާމް އަދި ޔާމީން؛ 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގައި--- ފޮޓޯ: ރައީސް އޮފީސް އާކައިވް

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސްއިން ހެދި ކޯލިޝަން އެއްބަސްވުމުގެ ދަށުން އެ ޕާޓީއަށް ލިބެން ޖެހޭ 10 ޕަސެންޓު ވެސް ނުލިބޭ ކަމަށް ބުނެފި އެވެ.

އެމްޑީއޭއިން 2013 ވަނަ އަހަރުގެ އިންތިހާބަށް ނިކުތީ ޕީޕީއެމްގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގަ އެވެ. އަދި، 2014 ގެ މަޖިލިސް އިންތިހާބުގައި ވެސް އެމްޑީއޭއިން ވާދަކުރީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެންނެވެ. އެފަހަރު އެ ޕާޓީން މަޖިލީހުގެ ފަސް ގޮނޑި ކާމިޔާބު ކުރި އެވެ.

އެއަށްފަހު ވެސް ޕީޕީއެމްއާ އެކު ތަފާތު އެކި މަސައްކަތްތައް ކުރުމަށްފަހު 2018 ވަނަ އިންތިހާބަށް ޕީޕީއެމްއިން ކުރިމަތިލީ އެމްޑީއޭގެ ތާއީދާ ނުލަ އެވެ. އެއީ ކޯލިޝަންގެ އެގްރީމެންޓު ހަމަވުމުންނެވެ.

މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިން މިއަދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފަ އެވެ.

އެ ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައިވަނީ އިދިކޮޅު ޕީޕީއެމް އިން ވެސް ކޯލިޝަން ހެދުމަށް ދައުވަތު ދީފައި ވަނިކޮށެވެ.

އެމްޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ ޔާމީނާއެކު ހެދި ކޯލިޝަންގެ ތަޖުރިބާ އެމްޑީއޭއަށް ހިތި ކަމަށެވެ.

"ކޯލިޝަން ސަރުކާރެއްގައި އަޅުގަނޑުމެން ތަހައްމަލު ކުރަމުން ދިޔައީ ވަރަށް ހިތްދަތިކަން،" މައުރޫފް ވިދާޅުވި އެވެ.

އެހެންނަމަވެސް އެ ކޯލިޝަން ވެރިކަން ނިމެން ދެން ދެމެހެއްޓީ ގައުމީ މަސްލަހަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އެ ޕާޓީން ހިތް ނޭދޭ އެތައް ކަމެއް ޔާމީންގެ ވެރިކަމުގައި ކުރިމަތިވި ކަމަށާއި ދެ ވަނަ ދައުރަކަށް ނުދާން ނިންމީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ.

"އަދި އަޅުގަނޑުމެންނާއެކީ ކޯލިޝަންގައި ހެދި އެއްބަސްވުމުގައި އޮތް 20 ޕަސެންޓުގެ ތެރެއިން އަޅުގަނޑުމެންނަށް 10 ޕަސެންޓު ވެސް ނުލިބޭ،" މައުރޫފް ވިދާޅުވި އެވެ.

އެމްޑީއޭއިން ކޯލިޝަން ހަދަނީ ސަރުކާރުން ލިބޭނެ މަންފާ އާއި މަގާމުތަކަށް ނޫން ކަމަށް ވިދާޅުވެ މައުރޫފް އިތުރަށް ވިދާޅުވީ އެ ޕާޓީން ކޯލިޝަން ހަދަނީ ގައުމާއި ރައްޔިތުންނަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox