ސީދާ ތިން ސެޓުން ސިންގަޕޫރު ބަލިކޮށް ރާއްޖެ އަށް ފުރަތަމަ މޮޅު

Feb 24, 2023, 5:33 PM
ގައުމީ ޓީމުގެ ކެޕްޓަން ހުޒާމް މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ޓީމުގެ ކެޕްޓަން ހުޒާމް މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފޯ ނޭޝަންސް ކަޕްގައި މިރޭ ސިންގަޕޫރު ސީދާ ތިން ސެޓުން ބަލިކޮށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިއީ ގައުމީ ޓީމުގެ ކޯޗުކަމާ ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ހަވާލުވި ފަހުން ޓީމު މޮޅުވި ފުރަތަމަ މެޗެވެ. އޭނާ ކޯޗުކޮށްދިން ފުރަތަމަ މެޗުގައި ރޭ މެލޭޝިއާ އަތުން ރާއްޖެ ބަލިވީ 3-1 އިންނެވެ. ސިންގަޕޫރުގެ ކޯޗަކަށް ހުރީ ކުރިން ރާއްޖޭގެ ޓީމަށް އިރުޝާދުދިން ތައިލެންޑްގެ ސުންޓޮން ފޮސީޓާ އެވެ.

މި މެޗުން މޮޅުވުމުން ލީގު ބުރުގެ އެއް ވަނަ އަށް ދިޔުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތެވެ. ރާއްޖެ ޖެހޭނީ ފަސް ސެޓަށް ނުގޮސް އަފްގާނިސްތާން ބަލިކުރާށެވެ. މިރޭ، ސިންގަޕޫރު އަތުން މޮޅުވި މެޗުގައި ގައުމީ ޓީމުން ސެޓުތައް ގެންދިޔައީ 26-24، 25-20 އަދި 25-21 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ސިންގަޕޫރުން ފެށި ވަރުގަދަކޮށެވެ. ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު ފެށި ނަމަވެސް ރާއްޖެއިން މަޑު މަޑުން ސްކޯ ކައިރިކޮށް 8-8 އިން އެއްވަރުކުރި އެވެ. އޭގެ ފަހުން ދިވެހި ޓީމަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި ސިންގަޕޫރު ޓީމުން ހަތަރު ޕޮއިންޓް ލީޑެއް ނެގި އެވެ. މި ލީޑު ދެ ޕޮއިންޓަށް ހަނިކުރި ނަމަވެސް އަރާ ހަމަކުރެވޭ ގޮތެއް ނުވި އެވެ.

މި ސެޓުގެ އޮއިވަރު ބަދަލުވީ ރާއްޖެ އިން ގެނައި ދެ ބަދަލާއިއެކުގަ އެވެ. މިގޮތުން ހުސައިން ޝާހިދު (ޝާޑު) އާއި ހައިލަމް ހަސަން ކުޅެން އަރުވައި 19-19 އިން ސްކޯ އެއްވަރުކުރި އެވެ. އޭގެ ފަހުން 21-20 އިން ފުރަތަމަ ފަހަރަށް ރާއްޖެއިން މި ސެޓުގައި ލީޑު ނެގި އެވެ. މި ލީޑުގައި އޮވެ ސެޓު ނިންމާލުމުގެ ކުރިން ސިންގަޕޫރުން 23-23 އިން އެއްވަރުކުރި އެވެ. އަނެއްކާވެސް ރާއްޖޭގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ ބާރު ދެ ހަމަލާއަކުން ރާއްޖެއިން މުހިންމު ޕޮއިންޓްތަކެއް ހޯދައި 26-24 އިން ސެޓު ކާމިޔާބުކުރި އެވެ.

ދެވަނަ ސެޓު ފަށައިގެން ވާދަވެރިކޮށް ދިޔަ ނަމަވެސް ރާއްޖެ އިން ވަނީ އެޓޭކް ވަރުގަދަކޮށް ލީޑު ނަގައި އެ ލީޑު ފުޅާކޮށްފަ އެވެ. ފުރަތަމަ ސެޓު ނިންމާލިއިރު، ކުޅުނު ފޯމުގައި ގިނަ ކުޅުންތެރިން ފެނުނުއިރު، ސިންގަޕޫރު ޓީމުން މިސްޓޭކްތައް ހަދަން ފެށި އެވެ. އޭގެ ފައިދާ ނަގައި ސެޓުގެ މެދުތެރެއިން ހަތަރު ޕޮއިންޓްގެ ލީޑެއް ނެގި އެވެ. 18-16 އަށް ސިންގަޕޫރުން ސްކޯ ކައިރިކުރި ނަމަވެސް ހަސަން ނިލާމް (ޕާޓޭ) އާއި ހުޒާމްގެ ބާރު ހަމަލާތަކުން ރައްޖެ އިން އަނެއްކާވެސް ހަތަރު ޕޮއިންޓްގެ ލީޑު ހޯދި އެވެ. އެ ފޯމުގައި ގޮސް ރާއްޖެއިން ދެ ވަނަ ސެޓު ހޯދީ 25-20 އިންނެވެ.

މެޗުގެ ތިން ވަނަ ސެޓުވެސް ރާއްޖެ ފެށީ ފޯމުގަ އެވެ. މި ގޮތުން ސެޓުގެ އެންމެ ކުރީކޮޅު ލީޑެއް ނަގައި އެ ލީޑު ދެމެހެއްޓި އެވެ. މި ސެޓުގައި ރާއްޖޭގެ ބްލޮކްތަކާއި ޑިފެންސް ކުޅުންތެރިންގެ މަސައްކަތް މިދިޔަ ސެޓެކޭ އެއްގޮތަށް ފާހަގަވި އެވެ. ހަތަރު ޕޮއިންޓްގެ ލީޑެއްގައި އޮވެ ކުޅެމުން ދަނިކޮށް ސިންގަޕޫރުން 17-15 އަށް ސްކޯ ކައިރިކުރި އެވެ. އެ ވަގުތު ރާއްޖޭގެ ކޯޗު ވެލޯސޯ ވަނީ ޓީމު ހަމައަކަށް އަޅުވައިފަ އެވެ. ލީޑު ގެއްލުނަނުދީ ހިފަހައްޓައި ރާއްޖެއިން ވަނީ 25-20 އިން މި ސެޓު ހޯދައި މެޗު ކާމިޔާބުކޮށްފަ އެވެ.

ފަހު ސެޓުގައިވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނިލާމްގެ ބާރު ހަމަލާތައް ހުއްޓުވުމުގައި ސިންގަޕޫރަށް އުނދަގޫތައް ކުރިމަތިވި އެވެ.

ލީގު ބުރުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ނުކުންނާނީ މާދަމާރޭ އަފްގާނިސްތާނާ ދެކޮޅަށެވެ. ސިންގަޕޫރަށް އޮތީ މެލޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox