ގާސިމްގެ ޝަކުވާ؛ ކޯލިޝަނެއް، އެކަމަކު ވެރިކަން ހިންގުމުގައި ބައިވެރިނުކުރޭ

ޖޭޕީ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ގާސިމް ވާހަކަފުޅު ދައްކަވަނީ؛ ވިދާޅުވީ ސަރުކާރު ހިންގުމުގައި ބައިވެރި ނުކުރާ ކަމަށް-- ފޮޓޯ: އަދަދު

ޖޭޕީ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ގާސިމް ވާހަކަފުޅު ދައްކަވަނީ؛ ވިދާޅުވީ ސަރުކާރު ހިންގުމުގައި ބައިވެރި ނުކުރާ ކަމަށް-- ފޮޓޯ: އަދަދު

ކޮންމެ ބަޔަކު ވެސް ވެރިކަމަށް އަންނަނީ ޖުމްހޫރީ ޕާޓީއާއެކުގައި ނަމަވެސް ވެރިކަން ހިންގުމުގައި އެ ޕާޓީ ބައިވެރި ނުކުރާ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މި ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިހާރު ފެށިގެން ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2008 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އެކުލަވާލެވުނު ކޮންމެ ސަރުކާރެއްގައި އެ ޕާޓީގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

"ޖުމްހޫރީ ޕާޓީން ސީދާ ވެރިކަމަށް ނާދެވި، އަޅުގަނޑުމެންގެ ތަސައްވަރުތައް އޮޅާލަން މި ޖެހެނީ ކޮންމެ ފަހަރު ޖުމްހޫރީ ޕާޓިއާއެކު ކޯލިޝަން ހަދާ ފުރަތަމަ ރައުންޑުގައި އެއް ވަނަ ދެ ވަނަ ލިބޭ ޕާޓީއަކާ،" ގާސިމް ވިދާޅުވި އެވެ.

ކޯލިޝަން ސަރުކާރެއްގެ މެނިފެސްޓޯގެ ތެރެއަށް ޖޭޕީގެ ވިސްނުމާއި ވައުދުތައް ވައްދައިގެން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކޮށް މި ސަރުކާރުގައި ވެސް އެންމެ ހިންގުންތެރި ވަޒީރުންނަަކީ ޖޭޕީ ސްލޮޓުތަކުގައި ތިބި ބައެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ހުރިހާ ސިޔާސަތުތަކާއި ވައުދުތައް ފުއްދުމުގައި އަދި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް ޖޭޕީ ބައިވެރިކުރުމަށް ކޯލިޝަންގައި އެދުނު ނަމަވެސް ކަން ވަނީ އެހެން ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ހިތާމައަކީ ސަރުކާރު އެކުލަވާލުމަށް ފަހު ސަރުކާރުން ހާސިލް ކުރާ ރަނގަޅު ކަންކަން ޖުމްހޫރީ ޕާޓިއަށް ނިސްބަތް ކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާ ކަން. ސަރުކާރުން ވައުދު ފުއްދަމުން ދާއިރު ކޯލިޝަން ޕާޓްނަރުގެ ރޯލެއް އޮންނަ ކަމަކަށް ނުދެކޭ، އެކަމަކު ސަރުކާރު އެކުލަވާލަން ވީމާ ޖޭޕީ ވަރެއް ނޯވޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކެބިނެޓުގައާއި ކޮމްޕެނީތަކުގައި ވެސް ޖޭޕީގެ މެންބަރުން ތިއްބަވާއިރު، އެ ބޭފުޅުން ކިތަންމެ ބުރަކޮށް މަސައްކަތް ކުރެއްވި ނަމަވެސް ނެރެވޭ ހެޔޮ ނަތީޖާގައި "ބައިވެރިވުން އޮންނަ ކަމަކަށް" ނުވާ ކަމަށް ވާ "އެހީތެރިކަމެއް އޮންނަ ކަމަކަށް" ވެސް ނުވާ ކަމަށެވެ.

"މިއީ ކިހިނެއް ވާނެ ކަމެއްތޯ،" ގާސިމް ވިދާޅުވި އެވެ.

މިފަދަ ތަޖުރިބާތަކުން ޖޭޕީން އަންނަނީ އިބުރަތް ހާސިލް ކުރަމުން ކަމަށާއި 2008، 2013 އަދި 2018ގައި ވެސް ސަރުކާރުތަކަށް ވެރިކަމަށް އާދެވިފައިވަނީ ޖޭޕީގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ޖޭޕީއާއެކު ކޯލިޝަން ނުހެދި ނަމަ އެ ޕާޓީތަކުގެ ސަރުކާރެއް ވުޖޫދެއް ނުވީސް، އެހެންކަމުން ފާއިތުވި އަދި ހިނގަމުންދާ ސަރުކާރުތަކުގެ ރަނގަޅު ކަންކަން ޖޫމްހޫރީ ޕާޓީއަށް ނިސްބަތް ވާނެ،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީ މިވަގުތު އޮތީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް ސަރުކާރު ހިންގުމުގައި ބައިވެރި ނުކުރާ ކަމުގެ ޝަކުވާއަކީ އަބަދުވެސް ކުރާ ޝަކުވާ އެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލު ކުރާނެ ގޮތެއް މިހާތަނަށް ނިންމާފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox