ރާއްޖެ އަށް އެނބުރި އާދެވުމުން ސުންޓޮން އަށް އުފާވެރި ހަނދާންތަަކެއް އާވެއްޖެ

އިއްޔެގެ މެޗުގެ ތެރެއިން ސިންގަޕޫރުގެ ކޯޗު ސުންޓޮން ފޮސީޓާ: އޭނާ ވަނީ މީގެ އަށް ވަރަކަށް އަހަރު ކުރިން ގައުމީ ފިިރިހެން ވޮލީ ޓީމާ އެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިއްޔެގެ މެޗުގެ ތެރެއިން ސިންގަޕޫރުގެ ކޯޗު ސުންޓޮން ފޮސީޓާ: އޭނާ ވަނީ މީގެ އަށް ވަރަކަށް އަހަރު ކުރިން ގައުމީ ފިިރިހެން ވޮލީ ޓީމާ އެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ވޮލީ ތާރީހުގައި ހާއްސަ ދުވަހެކެވެ. އެއީ 2015 ގެ މެއި މަހުގެ 28 ވަނަ ދުވަހެވެ. ބަންގްލަދޭޝްގެ ޑާކާގައި ކުޅުނު އޭވީސީ ސެންޓްރަލް ޒޯން މުބާރާތުުގެ ފައިނަލުގައި ދރާއްޖެ އާއި ތުރުކްމިނިސްތާން ވާދަކުރި މެޗުގެ ފުރަތަމަ ދެ ސެޓު 27-25 އަދި 25-22 އިން ހޯދައި ގައުމީ ޓީމް އޮތީ ތާރީޚީ ރަން މެޑަލް ހޯދުމާ ވަރަށް ގާތުގަ އެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު ތުރުކުމިނިސްތާނުން 21-25 އަދި 23-25 އިން ކާމިޔާބުކުރި އެވެ. ފަހު ސެޓުގައި 13-15 އިން ރާއްޖެ ބަލިވެ، ރަން މެޑަލް ގެއްލުމާ އެކު އެންމެ ބޮޑަށް މާޔޫސްވީ އޭރު ގައުމީ ފިރިހެން ވޮލީ ޓީމްގެ ހެޑް ކޯޗަކަށް ހުރި ތައިލެންޑްގެ ސުންޓޮން ފޮސީޓާ އެވެ.

މިއީ އޭގެ އަށް އަހަރު ފަހެވެ. މި ފަހަރު ގައުމީ ޓީމު ފުރަތަމަ ރަން މެޑަލް ހޯދުމުގެ އުއްމީދުގައި ނުކުތްއިރު ރާއްޖޭގެ ޓީމަށް އެކަން ވިޔަ ނުދޭން އިދިކޮޅު ޓީމްގެ ބެންޗުގައި މިއީ ސުންޓޮން އެވެ. މިއަދު ގައުމީ ޓީމުން ސިންގަޕޫރާ ދެކޮޅަށް ނިކުންނައިރު އެ ޓީމު ކޯޗަކަށް ހުރީ ސުންޓޮން އެވެ.

ސުންޓޮން، 2015 ގައި ރާއްޖޭގެ ގައުމީ ޓީމާ ވަކިވީ އެ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މެޑަލް ހޯދަން ގޮސް ނާކާމިޔާބާ ކުރިމަތިވުމުންނެވެ. އެ ފަހަރު ސެމީ ފައިނަލާއި ތިން ވަނަ ހޮވި މެޗުގައި ވެސް ދިވެހި ޓީމު ބަލިވީ ވަރުގަދަ ވާދައެއްކޮށްފަ އެވެ. މެޑަލް ނުލިބުމުން ކުޅުންތެރިން ލޮލުން ފޭބި ކަރުނަ އާއި އެއްވަރަށް އޭނާ ވެސް އެ ދުވަހު ކަރުނަ އަޅާ ރުޔެވެ.

2015 ވަނަ އަހަރު ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ފިރިހެން ޓީމު ސުންޓޮންއާ އެކު ރިހި މެޑަލް ހިފައިގެން.

ރާއްޖޭގެ ގައުމީ ޓީމާ އެކު ކުރި ދަތުރު ނިންމާލުމަށް ފަހު އަމިއްލަ ގައުމުގެ ބައެއް ޓީމްތަކަށް ސުންޓޮން އިރުޝާދުދިނެވެ. އޭގެ ފަހުން ސިންގަޕޫރުގެ ގައުމީ ޓީމާ އޭނާ ހަވާލުވީ 2017ގަ އެވެ. އެ ގައުމުގެ ވޮލީބޯޅަ ޒުވާން ޓީމެއް ބިނާ ކުރަން އޭނާ ކުރާ މަސައްކަތުގައި މިހާރު ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕަކީ މުހިންމު މުބާރާތެކެވެ.

"ވަރަށް ޒުވާން ޓީމެއް މިއޮތީ. އެ ކުޅުންތެރިން މިކަހަލަ މާހައުލަކަށް ހޭނިލައި، މި ލެވެލްގެ ތަޖުރިބާ ހޯދަން ބަލާއިރު މި މުބާރާތް ވަރަށް މުހިންމު. ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ޓީމަށް. ކުރިއެރުން ލިބޭނެ" ފޯ ނޭޝަންސް ކަޕާ ގުޅޭގޮތުން ސުންޓޮން ބުންޏެވެ.

މި ފަހަރުގެ މުބާރާތުގެ ފޭވަރިޓުންނަކީ ކޮބައިތޯ އެހުމުން އޭނާ އިތުރު ވިސްނުމަކާ ނުލައި ހިނިތުންވެލާފައި ބުނީ "ހަމަ ޔަގީނުންވެސް ރާއްޖެ" މިހެންނެވެ.

ސުންޓޮން ގަބޫލުކުރާ ގޮތުގައި އޭނާ ގައުމީ ޓީމުގައި ހުރިއިރު އޭރު ޒުވާންކޮށް ތިބި ކުޅުންތެރިން މިހާރު "ޕީކު"ގައި ތިބެ ކުޅުމަކީ ރާއްޖެ އަށް މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމަށް އޭނާ ގަބޫލުކުރާ އެއް ސަބަބެވެ. އަދި މިވަރުގެ މުބާރާތެއް ރާވައި ހިންގުމަކީ ވެސް ދިވެހި ވޮލީ އަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ސުންޓޮން ގައުމީ ޓީމަށް އިރުޝާދު ދިންއިރު އޭނާއާ އެކު މަސައްކަތްކުރި ހަތަރު ކުޅުންތެރިއެއް މިހާރު ގައުމީ ޓީމްގައި އެބަތިއްބެވެ. އެއީ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)، ވައިސް ކެޕްޓަން، ހުސައިން ވިޝާމް (ބުޅިކެ)، ހަސަން ނިލާމް (ޕާޓޭ)ގެ އިތުރުން އާދަމް ފައިރޫޒް އެވެ. ސުންޓޮން ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ހުޒާމް ގައުމީ ޓީމަށް ކުޅުނު ނަމަވެސް އަނެއް ތިން ކުޅުންތެރިން ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތަށް ނިކުތީ ސުންޓޮންގެ އިރުޝާދުގެ ދަށުންނެވެ.

އެ ގޮތޮން 2015ގެ ސެންޓްރަލް ޒޯން މުބާރާތުގައި ނިލާމަށް ބެންޗުން އަރައި ކުޅެން ފުރުސަތު ދިނީ ސުންޓޮން އެވެ. ފައިރޫޒް ފުރަތަމަ މެޗުގައި ފުލްކޮށް ކުޅުނެވެ. ވިޝާމް އަށް ބަލާއިރު، އައިއޯއައިޖީ އަށް ދިޔަ ޓީމްގެ ދެވަނަ ސެޓަރަކީ އޭނާ އެވެ.

"މިހާރު އެ ކުޅުންތެރިން ތިބި ލެވެލް ފެނިފައި ވަރަށް އުފާވޭ، އޭރު ވަރަށް މަޑު މަޑުން ހުންނާނީ ފައިރޫޒް ވެސް. އެކަމަކު، މިހާރު އޭނާގެ ކޮންފިޑެންސާއި ހުނަރު ފެނިފައި އަހަރެން ވަރަށް އުފާވޭ. އެހެން ކުޅުންތެރިންވެސް ހަމަ މިހާރު ވަރަށް މޮޅު" ސުންޓޮން ބުންޏެވެ.

ސުންޓޮން ބުނީ ކޯޓު މަތިން އިދިކޮޅު ކޯޗުގެ ގޮތުގައި ފެނުނަސް އޭނާގެ ހިތުން ހާއްސަ ޖާގައެއް ރާއްޖެ އަށް އޮންނާނެ ކަމަށެވެ. އެންމެ ބޮޑު ސަބަބަކީ މި ގައުމުން އޭނާ އަށް ލިބުނު ލޯތްބާއި، މިހާރު ވެސް ވޮލީބޯޅަ އާއިލާއިން އޭނާ އަށް ލިބޭ އިހުތިރާމެވެ.

ރާއްޖޭގެ ގައުމީ ޓީމާ އެކު އޭނާ ކުރި ކޮންމެ ތަޖުރިބާއެއް އޭނާ ރައްކާކޮށްފައިހުރީ އުފާވެރި، އަގުހުރި ހަނދާންތަކެއްގެ ގޮތުގައި ކަމަށް ސުންޓޮން ވަނީ ބުނެފަ އެވެ.

ސުންޓޮން ކޯޗުކޮށްދޭ ސިންގަޕޫރު ޓީމު މިރޭ 20:30 ގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox