ކޯލިޝަން ހަދާނެ ޕާޓީއެއް ނިންމާނީ އެމްޑީޕީ އަދި ޕީޕީއެމްއާ އިތުރަށް މަޝްވަރާކޮށްފަ: އެމްޑީއޭ

އެމްޑީއޭއިން މިއަދު ޕީޕީއެމްއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން؛ ކޯލިޝަން ހަދާނެ ޕާޓީ ނިންމުމަށް އިތުރަށް މަޝްވަރާކުރާަނެކަން އެޕާޓީން ހާމަކުރި -- ފޮޓޯ: ޕީޕީއެމް

އެމްޑީއޭއިން މިއަދު ޕީޕީއެމްއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން؛ ކޯލިޝަން ހަދާނެ ޕާޓީ ނިންމުމަށް އިތުރަށް މަޝްވަރާކުރާަނެކަން އެޕާޓީން ހާމަކުރި -- ފޮޓޯ: ޕީޕީއެމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމާނީ ބޮޑެތި ޕާޓީތަކާއެކު އިތުރަށް މަޝްވަރާކުރުމަށްފަހު ކަމަށް އެމްޑީއޭއިން ބުނެފި އެވެ.

މިއަދު ހަވީރު "ސަންސިޔާމް ބިލްޑިން"ގައި ޕީޕީއެމްއާއެކު ބޭއްވި ބައްދަލުވުމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމުމަށް ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ އެމްޑީޕީ އަދި ޕީޕީއެމްއާ އެކު އިތުރަށް މަޝްވަރާކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ޔަގީންކޮށް ބުނަން ކެރޭ އެއް ވާހަކައަކީ 2023ގައި އަޅުގަނޑުމެން ކޯލިޝަން ޕާޓީއަކާއެކު ނުކުންނާނަމޭ. އަދި ކޮން ޕާޓީއެއް ކަމެއް ނުނިންމަން. އަޅުގަނޑުމެންގެ ރައީސް ގޮތެއް ނިންމަވާނީ" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ކޯލިޝަން ހަދަން ނިންމީ އެޕާޓީގެ ރައީސް އަހްމަދު ސިޔާމް ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ނުކުރުމަށް ނިންމިނިންްމުމާ އެކު އެ ޕާޓީގެ ގައުމީ މަޖިލީހުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

އަދި ޕާޓީގެ ކައުންސިލުގެ ތެރެއިން ކޯލިޝަން މަޝްވަރާތަަކަށް ހާއްސަ ކޮމިޓީއެއް ވެސް މިހާރު އުފައްދާފައިވާނެ ކަމަށާއި، ކޯލިޝަން ހަދާނެ ޕާޓީއެއް ނިންމާނީ އެ ކޮމެޓީއިން މަޝްވަރާކޮށް ސިޔާމަށް ހުށަަހެޅުުން އެމަނިކުފާނު ކަމަށެވެ.

"ކައުންސިލުން އަޅުގަނޑުމެން ނިންމީ ނުކުމެވަޑައިނުގަންނަވާ ނަމަ[އިންތިހާބުގައި ވާދަނުކުރާ ނަމަ] ކޯލިޝަނަކާ އެކީގައި 2023ގައި ދަތުރުކުރަން. އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީއެއް ވީމަ އެއްވެސް ހާލަތެއްގައި ސިޔާސީ ގޮތުން މަރުވާކަށް ބޭނުމެއް ނެތޭ،" މައުރޫފް ވިދާޅުވި އެވެ.

"އަދަދު"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މައުރޫފް ވިދާޅުވީ މާދަމާ އޮންނަ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެމްޑީޕީ އަދި ޕީޕީއެމްއާއެކު ކުރެވުނު މަޝްވަރާތަކުގައި ހުށަހެޅުނު ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

އަދި ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމޭނީ ކިހާ މުއްދަތެއްގެ ތެރޭގައިކަން ދަންނަވަން އަދި ދަތިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީއާ އެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުކުރުމަށް އެ ޕާޓީން އެދިފައި ނުވާކަމަށް އެމްޑީއޭގެ މިއަދުގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވި އެވެ. އެހެން ނަމަވެސް ނުރަސްމީގޮތެއްގައި ވިޔަސް އެވާހަަަތައް ޖޭޕީއާއެކު ވެސް ދެކެވެމުން އަންނަ ކަމަށް މައުރޫފް ވިދާާޅުވި އެވެ.

އެމްޑީއޭއިން 2013 ވަނަ އަހަރުގެ އިންތިހާބަށް ނުކުތީ ޕީޕީއެމްގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގަ އެވެ. އަދި، 2014 ގެ މަޖިލިސް އިންތިހާބުގައި ވެސް އެމްޑީއޭއިން ވާދަކުރީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެންނެވެ. އެފަހަރު އެ ޕާޓީން މަޖިލީހުގެ ދެ ގޮނޑި ކާމިޔާބު ކުރި އެވެ. އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ އިންތިހާބުގައި އެޕާޓީއިން އެއްވެސް ކެނޑިޑޭޓަކަށް ތާއީދެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox