ކޯލިޝަން މަޝްވަރާއަށް ޕީޕީއެމްގެ ލީޑާޝިޕް ސިޔާމް އަރިހަށް ދަނީ

ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސްގެ ރައީސް ސިޔާމް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޔާމީން-- ފޮޓޯ: ރައީސް އޮފީސް އާކައިވް

ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސްގެ ރައީސް ސިޔާމް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޔާމީން-- ފޮޓޯ: ރައީސް އޮފީސް އާކައިވް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތުދީ، ޕާޓީގެ ލީޑާޝިޕު ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު އަރިހަށް ދާން ނިންމައިފި އެވެ.

ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އިން މިއަދު ބުނި ގޮތުގައި ކޯލިޝަން ހެދުމުގެ ރަސްމީ ދައުވަތު އިދިކޮޅުން މިއަދު ވަނީ ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު "އަދަދު" އަށް ވިދާޅުވީ ކޯލިޝަން ހެދުމުގެ ދައުވަތު ސިޔާމަށް ދިނުމަށް ދޭން ނިންމާފައިވަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލްގައްޔޫމްގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ކޯލިޝަންގެ މަޝްވަރާ ކުރިއަށް ދާނީ މިއަދު ހަވީރު 5:00 ގައި ސަން ސިޔާމް ބިލްޑިންގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީއޭއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ފަރާތުން ނުކުންނާނީ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް, ކޯލިޝަން ހަދާނެ ވަކި ޕާޓީއެއް އަދި ނިންމާފައި ނުވެ އެވެ.

އިދިކޮޅުން ސިޔާމާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދީފައިވާއިރު، ސިޔާމާއެކު ކުރިން ހެދި ކޯލިޝަނުގެ ތަޖުރިބާ ހިތި ކަމަށާއި މީގެ ފަހުން އެއްވެސް އިންތިހާބެއްގައި ކޯލިޝަން ނުހަދާނެ ކަމަށް ޔާމީން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެމްޑީއޭއިން 2013 ވަނަ އަހަރުގެ އިންތިހާބަށް ނުކުތީ ޕީޕީއެމްގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގަ އެވެ. އަދި، 2014 ގެ މަޖިލިސް އިންތިހާބުގައި ވެސް އެމްޑީއޭއިން ވާދަކުރީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެންނެވެ. އެފަހަރު އެ ޕާޓީން މަޖިލީހުގެ ދެ ގޮނޑި ކާމިޔާބު ކުރި އެވެ.

އެއަށްފަހު ވެސް ޕީޕީއެމްއާ އެކު ތަފާތު އެކި މަސައްކަތްތައް ކުރުމަށްފަހު 2018 ވަނަ އިންތިހާބަށް ޕީޕީއެމްއިން ކުރިމަތިލީ އެމްޑީއޭގެ ތާއީދާ ނުލަ އެވެ. އެއީ ކޯލިޝަންގެ އެގްރީމެންޓު ހަމަވުމުންނެވެ. އެމްޑީއޭއިން އެ އިންތިހާބުގައި ރަސްމީކޮށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox