ސަރުކާރުގެ އަމާޒު: ވެމްކޯއަކީ ފަންނީ އަދި މާލީ ގޮތުން ގާބިލް ކުންފުންޏަކަށް ހެދުން

ވެމްކޯގެ އަހަރީ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ--- ފޮޓޯ: އެންވައިރަމެންޓް

ވެމްކޯގެ އަހަރީ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ--- ފޮޓޯ: އެންވައިރަމެންޓް

ސަރުކާރުގެ އަމާޒަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއަކީ ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލް ކުންފުންޏަކަށް ހެދުން ކަމަށް އެންވައިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެ އެވެ.

ވެމްކޯގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުކޮށްދެއްވައި ޝައުނާ ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި ގާއިމްކުރެވޭ ސަރަޙައްދީ ކުނި މެނޭޖްކުރާ މަރުކަޒުތައް ހިންގާ ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ބަޔަކީ ވެމްކޯ ކަމަށެވެ.

ގްރޭޓާ މާލެ ވޭސްޓު-ޓު-އެނަރޖީ ޕްރޮޖެކްޓްގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ދާ ކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ މި ނިޒާމަށް ބޭނުންވާ ކުނި ތިލަފުށްޓަށް ގެނައުމާއި، ކުނި ވަކިކުރުމާއި، ޝްރެޑްކުރުމާއި ބޭލްކުރުންފަދަ މުހިންމު މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

އަދި، މި ޕްރޮޖެކްޓުގެ ތެރެއިން ވެމްކޯއިން ކުރާ މަސައްކަތްތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ މަސައްކަތަކަށް ހެދުމަށް ފަންނީ ކޮންސަލްޓަންޓުންގެ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

‎"ވެމްކޯއަކީ ކުނިމެނޭޖްކުރުމުގެ ޒަމާނީ އާލާތްތަކާއެކު ފައްކާކުރެވެމުން އަންނަ އަދި ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް ގެންނާނެ ކުންފުންޏެއް،" ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ފުނިޖެހިފައިވާ ކުނިތައް ނަގައި، ކުނި މެނޭޖުކުރުކުމުގައި ގޮންޖެހުންތައް ފިލުވާ ބަޔަކީ ވެމްކޯ ކަމަށެވެ.

"ޖުމްލަ 48 ރަށަކުން ކުނި ނަގައި ސާފުކުރެވިފައިވޭ، އޭގެތެރޭގައި ލެގަސީ ވޭސްޓް ކްލީންއަޕް ޕްރޮގްރާމްގެ ދަށުން ކުނީގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ 20 ރަށަކުން ގާތްގަނޑަކަށް 155400 ޓަނުގެ ކުނި ނަގައި ސާފުކުރެވިފައިވޭ، އަދި ސައުތް މާލެ އަތޮޅުގެ 8 ރަށަކުން ގާތްގަނޑަކަށް 5100 ޓަނުގެ ކުނި ސާފުކުރެވިފައިވޭ،" ޝައުނާ ވިދާޅުވި އެވެ.

ވެމްކޯއަކީ ހަމައެކަނި ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށް ވުރެ، ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލް ކުންފުންޏަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox