ކާމިޔާބު ހޯދަން ފިރިހެން ވޮލީ ޓީމުގެ ކޯޗަށް އޮތް ހިތްވަރަކީ ޓީމު ދަސްވުން

Feb 21, 2023, 8:42 AM
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު ވެލޯސޯ، ތައިލެންޑް ޓްރެއިނިން ކޭމްޕްގެ ތެރެއިން.--- ފޮޓޯ: އަދަދު

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު ވެލޯސޯ، ތައިލެންޑް ޓްރެއިނިން ކޭމްޕްގެ ތެރެއިން.--- ފޮޓޯ: އަދަދު

އަންނަ ބުރާސްފަތި ދުވަހު މާލޭގައި ފަށާ ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތަށް ނުކުންނައިރު، ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ޓީމާ އެކު ކުރެވުނު މަސައްކަތުން ހާސިލްކުރެވުނު އެންމެ ބޮޑު ކަމަކީ ކާމިޔާބު ހޯދަން ކަންކަން ކުރަންޖެހޭ މިންވަރު ދެނެގަންނަން ޓީމު ދަސްވުން ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު، ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ބުނެފި އެވެ.

މިދިޔަ އަހަރު މާޗް މަހު ގައުމީ ފިރިހެން ޓީމުގެ ކޯޗުކަމާ ވެލޯސޯ ހަވާލުވި ނަމަވެސް މިހާތަނަށް ރަސްމީ މެޗަކަށް ޓީމާ އެކު ނުކުމެފައި ނުވެ އެވެ. ވެލޯސޯގެ ކޯޗުކަމުގައި ގައުމީ ޓީމުން މިދިޔަ އަހަރުގެ ސެންޓްރަލް އޭޝިއަން ޒޯން (ކާވާ) ޗެލެންޖް ކަޕާއި އޭޝިއަން ގޭމްސްގައި ކުޅެން އޮތެވެ.

އޭޝިއަން ގޭމްސް މި އަހަރަށް ފަސްކުރިއިރު، ޗެލެންޖް ކަޕް ވީ ކެންސަލް އެވެ.

އެހެންވެ، ވެލޯސޯ އަށް ޓީމު ގޮވައިގެން މިހާތަނަށް ބައިނަލްއަގުވާމީ އެއްވެސް ލެވަލެއްގައި މެޗުތަކެއް ކުޅެވިފައިވަނީ މިދިޔަ އޮކްޓޫބަރު/ނޮވެމްބަރު ގައި ސައުދީ އަަރަބިއްޔާގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕާއި މި މަހު ތައިލެންޑްގައި ބޭއްވި ޓްރެއިނިން ކޭމްޕްގަ އެވެ.

ދެ ކޭމްޕްގައި ވެސް ގިނަ މެޗުތަކެއް ކުޅެ، މޮޅުތަކެއް ހާސިލްކުރިއިރު، ވެލޯސޯ ވަނީ ޓީމުގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

ފޯ ނޭޝަންސް ކަޕްގައި ވާދަކޮށް، ރަސްމީކޮށް ފުރަތަމަ ފަހަރަށް ޓީމަށް މެޗެއްގައި އިރުޝާދުދޭން ނުކުންނައިރު، ވެލޯސޯ ހުރީ އިތުބާރާ އެކުގަ އެވެ.

"ޓީމާ އެކު އެއް އަހަރު މިވީ. އަހަރެމެންނަށް މިދިޔަ އަހަރު މައްސަލަތަކެއް ދިމާވީ މުބާރާތްތަކެއް ނުކުޅެވުނީމަ. ބައެއް މުބާރާތްތަކުގެ ތާރީހަށް ބަދަލު އައީ. އަނެއް މުބާރާތްތައް ކެންސަލް މިވީ. އަހަރެން ހައިރާންވި ކަމަކީ އެ ހުރިހާ ކަމެއް ދިމާވިއިރު ވެސް ކުޅުންތެރިން ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. އެއްވެސް ވަރަކަށް ދުލެއް ނުދޭ. އަހަންނަށް އެބަ ފެނޭ މި ކުޅުންތެރިން އިމްޕްރޫވްވި މިންވަރު، ސައުދީ ކޭމްޕްގައި ވެސް ރަނގަޅު މެޗުތަކެއް ކުޅެ މޮޅުވީ،" ތައިލެންޑް ޓްރެއިނިން ކޭމްޕްގެ ފަހު މެޗަށް ފަހު ވެލޯސޯ ބުންޏެވެ.

"މި ފަހަރު ތައިލެންޑްގައި ވެސް އެ ތަނުގެ ގައުމީ ލެވަލްގެ ޓީމުތަކާ ދެކޮޅަށް ރަނގަޅު މެޗުތަކެއް މި ކުޅުނީ. ޕްރޮފެޝަނަލް ޓީމުތަކާ ދެކޮޅަށް ވެސް އަހަރެމެން މި ދެއްކި ކުޅުމުން ފެންނަ ކަމަކީ، ހަމައެކަނި އިމްޕްރޫވްވީ އެޓޭކިން ހާލަތްތަކުގައި ބޭނުންވާ ޓެކްނިކް އެކަންޏެއް ނޫން ކަން. އަހަރެމެން މަތީ ލެވަލްގައި ކުޅެން ވިސްނުންތެރިކަމަށް ބަލާއިރު ވެސް ރަނގަޅުވެއްޖެކަން އެނގިގެންދިޔަ،"

ބަހްރޭން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް 2020 ވަނަ އަހަރު ހުރި ވެލޯސޯ، ބުނީ މިހާތަނަށް ކުރެވުނު މަސައްކަތާ އެކު އުންމީދުކުރަނީ ކުރިއަށް އޮތް ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ވޮލީގައި އުޅޭ މީހުންނަށް ރާއްޖޭގެ ފިރިހެން ވޮލީ ޓީމުގެ ކުރިއެރުން ފެންނާނެ ކަމަށެވެ.

"ވަރަށް ބޮޑު ކޮންފިޑެންސެއް އެބައޮތް ރަނގަޅު މެޗުތަކެއް ކުޅެވޭނެ ކަމުގެ. ކާމިޔާބު ވެސް ހޯދޭނެ،" 25 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ކޯޗިން ތަޖުރިބާ ހުރި ވެލޯސޯ ބުންޏެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ މެލޭޝިއާ، ސިންގަޕޫރު އަދި އަފްގާނިސްތާން ކުޅުނު މެޗުތަކުގެ ވީޑިއޯތައް ބަލަމުން އަންނަ ކަމަށާއި އެ ޓީމުތަކާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެލޯސޯ ވަނީ ބުނެފަ އެވެ.

"އަހަރެމެންނަށް އެނގޭ އެމީހުންގެ މައުލޫމާތުތައް ކިޔައިދިނުމަކީ، އަހަރެމެން މި މައުލޫމާތުގެ ބޭނުންހިފާނީ އެ މީހުންނާ ދެކޮޅަށް ކުޅޭ މެޗުގައި. އަހަރެމެންނަށް އެ މީހުންގެ ހާލަތާއި އަހަރެމެންގެ ފެންވަރު އަޅާކިޔައިގެން ރަނގަޅު ޕްލޭނަކާ އެކު ކުރިއަށް ދެވޭނެ،" ބްރެޒިލްގެ މަޝްހޫރު ވޮލީބޯޅަ ކްލަބެއް ކަމަށްވާ މިނިއާސް ޓެނީސް ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ވެލޯސޯ ބުންޏެވެ.

"މިހާރު އޮތް އެންމެ ބޮޑު އުފަލަކީ ރާއްޖެ ޓީމު ވަރަށް ރަނގަޅަށް ދަސްވެފައިވުން. ކޮންމެ ކުޅުންތެރިއެއް ވެސް ރަނގަޅަށް ދަސްވެފައި އޮތުމަކީ އަހަންނަށް އޮތް ފަސޭހައެއް. ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ވެސް ކުޅުންތެރިއަކު ބޭނުންކުރެވޭނެ ހާލަތްތައް އެނގުމަކީ ޓީމާ އެކު ކާމިޔާބު ހޯދޭނެ ސަބަބެއް. މިހާރު މި އޮތީ އެއް ލެވަލެއްގައި ކުޅެވޭނެ 14 ކުޅުންތެރިންނާ އެކު އޮތް ޓީމެއް،"

ރާއްޖޭގައި ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ހޯސްޓްކުރާ ބައިނަލްއަގުވާމީ އިންޑޯ ފުރަތަމަ ވޮލީ މުބާރާތް، ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަން ރޭވިފައި އޮތީ ހަތަރު ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ދެ ސެމީ ކުޅުމަށް ފަހު ފައިނަލް މެޗު ކުޅޭ ގޮތަށެވެ. އެއީ ގިނަ މެޗު ކުޅޭ ގޮތަށް ފުރުސަތު ދިނުމުގެ ބޭނުމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox