ހުލާސާކޮށް އިއްޔެ: ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން އެމްޑީޕީއާއެކު މަޝްވަރާއަށް

Feb 21, 2023, 2:09 AM
ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ރައީސް ސޯލިހު ދެއްވި ދައުވަތާ ގުޅޭ ގޮތުން ރޭ ބޭއްވި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދާލަތު ޕާޓީ

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ރައީސް ސޯލިހު ދެއްވި ދައުވަތާ ގުޅޭ ގޮތުން ރޭ ބޭއްވި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދާލަތު ޕާޓީ

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމުގެ ކުރިން އެ ޕާޓީއާއެކު އިތުރަށް މަޝްވަރާ ކުރަން އަދާލަތު ޕާޓީން ރޭ ނިންމާފައިވާއިރު، އެހެން ޕާޓީތަކުން އަދި ގޮތެއް ނުނިންމަ އެވެ.

މިހާރު އޮތް ސަރުކާރު ކޯލިޝަން ކުރިއަށް އޮތް ފަސް އަހަރު ވެސް ކުރިއަށް ގެންދިއުމަށް އަދާލަތު ޕާޓީގެ އިތުރަށް ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ވެސް ރައީސް ސޯލިހު ސިޓީފުޅު ފޮނުއްވާފައިވެ އެވެ.

ރައީސް ސޯލިހުގެ ދައުވަތާ ގުޅޭ ގޮތުން 68 މެމްބަރުން ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ކުރު ބަޔާނުގައި ބުނެފައި ވަނީ، ރައީސް ސޯލިހުގެ މި ހިނގާ ރިޔާސީ ދައުރުގެ ތަޖުރިބާ އެހެން ސަރުކާރުތަކަށް ވުރެ ރަނގަޅުކަން ފެނިފައިވާ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދައުރަށް ކޯލިޝަން ހެދުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާކުރުން މުހިންމު ކަމަށް އަދާލަތު ޕާޓީން ނިންމި އެވެ.

Advertisement

މުހިންމު ބައެއް ހަބަރު

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ ދެ ވަނަ ފަހަރަށް ހުށަހެޅުމުން ވެސް އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޝަރީއަތަށް ދޮގު ހެދި ކަމަށް ބުނެ އޭނާއާ ދެކޮޅަށް ހިންގާ ޝަރީއަތަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ކޯޓުގައި ނެގިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ފުލުހެއްގެ ގައިގައި ދަނޑިބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ތިން ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފި އެވެ

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުވުމުން، އެ މައްސަލާގައި ދައުވާ އުފުލާފައިވާ ލަމްހާ އަބްދުލްރަހްމާން ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދިން ހެކިވެރިޔަކު ބުނެފި އެވެ.

ބައެއް ކަސްޓަމަރުންގެ ކްރެޑިޓު ކާޑުތަކުން މުއާމަލާތްތައް ކޮށްފައިވަނީ ބޭރުގެ މާޗެންޓެއްގައި ހުރި ޑޭޓާ ވަގަށް ނަގައިގެން ކަމަށާއި އެފަދަ ހާލަތްތަކުގައި ގެއްލޭ ފައިސާ އަނބުރައި ހޯދައިދޭނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ދިނެވެ.

މިދިޔަ ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓޫރިސްޓު ރިސޯޓުތައް ތަރައްގީ ކުރުމަށް އެމްއެމްޕީއާރްސީން ރަށްތައް ދޫކޮށްގެން ފައިސާ ހޯދި މައްސަލައިގައި ވިޔަފާރިވެރިއެއްގެ އަތުން 2.46 މިލިއަން އެމެރިކާ ޑޮލަރު ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީއަށް އެންގި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން، ހިޔާލުފާޅުކުރުމުގެ ހައްގުގެ އަދަބުތަކާ ހިލާފު ބައެއް ކަންކަން ފާހަގަ ކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިއްޔެ ބުންޏެވެ.

ދުވަހުގެ ކޯޓޭޝަން

ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ;

މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ އެވެ. އަދި ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ,"

ދުވަހުގެ ފޮޓޯ

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްޑީޕީއާއެކު މަޝްވަރާ ކުރަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ނެގި ވޯޓުގައި އެ މަޖިލީހުގެ މެމްބަރުން ވޯޓު ދެއްވަނީ. -- ފޮޓޯ: އަދާލަތު ޕާޓީ
ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްޑީޕީއާއެކު މަޝްވަރާ ކުރަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ނެގި ވޯޓުގައި އެ މަޖިލީހުގެ މެމްބަރުން ވޯޓު ދެއްވަނީ. -- ފޮޓޯ: އަދާލަތު ޕާޓީ

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްޑީޕީއާއެކު މަޝްވަރާ ކުރަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ނެގި ވޯޓުގައި އެ މަޖިލީހުގެ މެމްބަރުން ވޯޓު ދެއްވަނީ. -- ފޮޓޯ: އަދާލަތު ޕާޓީ

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox