މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ވެސް ހުޅުމާލޭގައި އަލަށް ހުޅުވި ސަރުކާރުގެ އޮފީސް އިމާރާތަށް ބަދަލުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން އެ މިނިސްޓްރީ ހިންގަމުންދާނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ތިން ވަނަ ފަންގިފިލާގަ އެވެ. ނަމަވެސް، މިނިސްޓްރީގެ ކައުންޓަރުގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯގައި ގާއިމްކޮށްފައިވާ ކައުންޓަރުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން ދިޔައީ މަޖީދީ މަގުގައި ހުންނަ ސްޓާ ކްލައުޑްގަ އެވެ.
ބުދަ ދުވަހު ހުޅުވި އުމަރު ޒާހިރު އޮފީސް އިމާރާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ޖެންޑާ މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.













