ކުޑަކުއްޖަކާ ބެހުނު ބިދޭސީ މީހާ ޑިޕޯޓުކޮށްލީ މައްސަލަ ބަލާކަން ނޭނގޭތީ: އިމިގްރޭޝަން

އިމިގްރޭޝަނުން ބުނީ އޭނާ ފޮނުވާލީ އިސްތިއުނާފްކުރާކަން ރަސްމީކޮށްް އަަންގާފައި ނެތުމުން ކަމަށް -- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން ބުނީ އޭނާ ފޮނުވާލީ އިސްތިއުނާފްކުރާކަން ރަސްމީކޮށްް އަަންގާފައި ނެތުމުން ކަމަށް -- ފޮޓޯ: އިމިގްރޭޝަން

ކުޑަކުއްޖަކާ ބެހުނު ބިދޭސީއެއްގެ މައްސަލަ އިސްތިއުނާާފު ކުރަމުން ދަނިކޮށް އޭނާ ޑީޕޯޓުކޮށްލީ މައްސަލަ ބަލާކަން ރަސްމީކޮށް ނާންގާތީ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ޑީޕޯޓުކޮށްލި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރަމޭޝް ސިލްވަމޮނީގެ މައްޗަށް އެ މައްސަލަ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މައްސަލަ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން އޭނާ ޑީޕޯޓުކޮށްލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.

އެ ދުވަހަކީ ރަމޭޝްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރި ދުވަސް ކަމަށް ވެއެވެ. އޭނާ ޑީޕޯޓުކޮށްލިއިރު އޭނާއާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުން ދާކަން ނޭނގޭ ކަމަށް އިމިގްރޭޝަނުން މިކަމާ ގުޅިގެން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

"ރާއްޖެއިން ޑީޕޯޓުކޮށްލުމާ ހަމައަށް ވެސް އޭނާއާ ގުޅޭ އެއްވެސް ޖިނާއީ މައްސަލައެއް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފުކޮށްފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މި އިދާރާއަށް އަންގާފައިނުވާކަމާއި، ރަމޭޝް ސިލްވަމޮނީގެ ރާއްޖެއިން ފުރުން މަނާކުރާ އެއްވެސް އަމުރެއް މި އިދާރާއަށް ލިބިފައި ނުވާކަމުގައިވެސް ދަންނަވަމެވެ،" އިމިގްރޭޝަނުގެ ބަޔާނުގައި ވެއެވެ.

ރަމޭޝްގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ އިންކާރުކުރި އެވެ.

މި މައްސަލަ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން އޭރު ހުކުމްކުރި އިރު، ދައުލަަތުން ވަނީ މިކަމާ ގުޅޭ ގިނަ ހެކިތަކެއް އޭނާއާ ދެކޮޅަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox