މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ލޯނު ސްކީމުން ލުއި ގޮތްތަކެއް

ހަޔާ އެޑިއުކޭޝަން މިނިސްޓަރު; މިއަހަރުގެ ލޯނު ސްކީމުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލުއި ގޮތްތަކެއް ތައާރަފްކޮށްފައިވޭ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު; މިއަހަރުގެ ލޯނު ސްކީމުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލުއި ގޮތްތަކެއް ތައާރަފްކޮށްފައިވޭ

މިއަދު އިއުލާނު ކުރި ސްޓޫޑެންޓް ލޯނު ސްކީމުގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

ސްޓޫޑެންޓް ލޯނު ސްކީމް އިއުލާން ކުރައްވާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް, އެ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށްޓަކައި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިދިޔަ އަހަރު އެ ފުރުސަތު ހުޅުވާލީ ވަކި ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށެވެ. އެއާ ހިލާފަށް ކޮންމެ ދާއިރާއަކުން ކިޔަވާ ދަރިވަރަކަށް ވެސް އިތުރު އެހީ ބޭނުންވާނަމަ މިއަހަރު ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔަވަމުންދާ ދަރިވަރުންނަށް ދެން ތައާރަފު ކުރި ލުޔަކީ, ސްޓޫޑެންޓް ލޯނުން ކިޔެވި ދަރިވަރުންނަށް ޓޮޕް-އަޕް ފުރުސަތެއް ހުޅުވާލުމެވެ.

"ކުރިން ލޯނު ނަގާފައިވީ ނަމަވެސް އެހެން ސަބަބުތަކާ ހުރެ ދަރިވަރުގެ އަމިއްލަ އިހްތިޔާރުން ބޭރުން ކަނޑައެޅިފައިވާ މުއްދަތުގައި ކޯސް ފުރިހަމަ ނުކުރެވިފައިވާ ފަރާތްތަކަށް ލޯނުގެ އެކްސްޓެންޝަނުގެ ގޮތުގައި އިތުރު ފައިސާ ދޭން އަޅުގަނޑުމެން މިފަހަރު ހަމަޖައްސާފައިވާ ވާހަކަ އުފަލާއެކު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ފުރުސަތުތައް ލައިސަންސް ލެވެލް, ޑިޕްލޮމާ ލެވެލް, ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގައި ފަހިވެގެންދާނެ ކަމަށެވެ. ކުރިން ލޯނު ނަގައިގެން އަމިއްލަ އިހްތިޔާރުން ބޭރުގައިވާ ސަބަބަކާހުރެ ކޯސް ފުރިހަމަ ނުކުރެވި އޮތްނަމަ އަލުން ލޯނަށް އެދި ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަހަރުގެ ސްކީމުގައި ޕީއެޗްޑީ ހެދުމަށް 15 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި، އެ ފުރުސަތުތައް ހުޅުވާލީ ރާއްޖޭގެ ޕްރައިވެޓް ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް މީހުން ބިނާ ކުރަން އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށް މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

ޕްރައިވެޓް ކޮލެޖުތައް ބާރުވެރި ކުރުމަށް ހުޅުވާލާ މި ފުރުސަތު ދެވޭނީ ކޮލެޖުގެ ނޮމިނޭޝަން ސިޓީއަކާއެކު ހުށަހަޅާ އެޕްލިކޭޝަންތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްލަ 720 ފުރުސަތާއެކު މިއަހަރުގެ ސްޓޫޑެންޓް ލޯން ސްކީމް ހުޅުވާލީ މިއަދެވެ. އަންނަ މަހު 15 އާ ހަމައަށް ލޯނަށް އެދި ހުށަހެޅޭއިރު, މިއަހަރު ވަނީ ޕައިލެޓް, އެމްބީބީއެސް އަދި މެޑިސިން ދާއިރާއަށް ދޭ ފުރުސަތުތައް އިތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox