ބޭރު މީހުންނަށް ބިން ކުއްޔަށް ދޭތީ ކަންބޮޑުވުމާ އެކު ވިޔަފާރިވެރިން ރައީސްއާ ބައްދަލުކޮށްފި

 ފޮޓޯ:ތިލަފުށި/އެފްބީ

ފޮޓޯ:ތިލަފުށި/އެފްބީ

ބޭރު މީހުންނަށް ތިލަފުށިން ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާތީ, ރާއްޖޭގެ ވިޔަފާރިވެރިންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިލަފުށި ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ކުއްޔަށް ދޭން ހުޅުވާލުމާ ގުޅިގެން އެކަމުގެ ޝަކުވާތަކާ އެކު ރައީސްގެ އަރިހަށް ގޮސްފައިވަނީ ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތަކެއްގެ ވެރިންނެވެ.

ރައީސްއާ ބައްދަލުކުރެއްވި ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި ވަނީ ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ތިލަފުށިން ބިން ދޫކުރުމެވެ. އެ ބޭފުޅުން ދެކޭ ގޮތުގައި އެގޮތަށް ބިން ދޫކުރާނަމަ ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ އެވެ.

ސަރުކާރުން ތިލަފުށި ތަރައްގީކުރަން އެކުލަވާލި މާސްޓާ ޕްލޭނުގައިވާ ގޮތުން އިތުރު 151 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ތިލަފުއްޓަކީ ކުނި މެނޭޖުކުރާ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރަށަކީ ރާއްޖޭގެ "ސިނާއީ މައި ހަބު" ކަމުގައި އެ ހެދުމުގެ މަގުޗާޓެއް ވެސް އެޗްޑީސީން ވަނީ އެކުލަވާލައި އާންމު ކޮށްފަ އެވެ.

އަލަށް ހިއްކަން ނިންމާފައިވާ، ތިލަފުށީ ދެވަނަ ފިޔަވަހި ހާއްސަ ކުރާނީ މައިގަނޑު ހަ ކަމަކަށް ކަމަށް ޕްލޭނުގައިވެ އެވެ. އެއީ ޕަވާ ޕްލާންޓަކާއި، ތެޔޮ ރައްކާކުރާ ސްޓޯރޭޖުތަކާއި، އޮފީސް ހިންގުމަށް ދޫކުރާ ބިންތަކާއި، ތަނަވަސް ވިޔަފާރި ބަނދަރަކާއި، ރެކްރިއޭޝަން އަށް ހާއްސަ ބިންތަކުގެ އިތުރުން ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކުރާ ބިންތަކެވެ.

ޒަމާނާ އެއްގޮތަށް ތިލަފުށި ތަރައްގީވެގެން ދާއިރު، އެތަނުގައި މީހުންނަށް ދިރިއުޅެވޭނެ ފަދަ މާހައުލެއް ގާއިމުކޮށް މާލެ ސަރަހައްދަށް ކުރިމަތިވެފައި އޮތް ބޯހިޔާވަކިކަމުގެ މައްސަލައަށް ވެސް ހައްލު ހޯދައިދިނުމަށް ޕްލޭނުގައި ލިޔެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox