އުމަރު ޒާހިރު އިމާރާތް ހުޅުވުން؛ ރައީސް ސިފަކުރެއްވީ ގައުމީ ހިދުމަތުގެ ރަމްޒެއްގެ ގޮތުގައި

އުމަރު ޒާހިރު އޮފީސް އިމާރާތް ހުޅުވުން؛ މިއީ އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ ކުލަގަދަ ރަމްޒެއް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އުމަރު ޒާހިރު އޮފީސް އިމާރާތް ހުޅުވުން؛ މިއީ އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ ކުލަގަދަ ރަމްޒެއް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގައި ގާއިމްކޮށްފައިވާ އުމަރު ޒާހިރު އޮފީސް އިމާރާތް މިއަދު ހުޅުވައިފި އެވެ.

އެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް ސަރުކާރުގެ އޮފީސް އިމާރާތެއް މިއަދު ހުޅުވުމުން އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ ކުލަގަދަކަން ރަމްޒުކޮށްދޭ ކަމަށެވެ.

"ހުޅުލޭގެ އުތުރު ފަޅުތެރެއަށް އޮއްސާލި ފުރަތަމަ ވެލި މުށާއެކު މި ރަށް ހިއްކާ، ނިންމާ، އިމާރަތްކޮށް، މީހުން ދިރިއުޅޭ ފެންވަރަށް ތަރައްގީ ކުރުމުގައި ވެސް އެމަނިކުފާނުގެ ހިއްސާ ވަރަށް ބޮޑު،" އާ އޮފީސް އިމާރާތް ބިނާކޮށްފައި ހުރި ހުޅުމާލެއަކީ ވެސް އުމަރު ޒާހިރުގެ ވަރަށް ރޭވުންތެރި މަސައްކަތްތަކަކާއެކު ވުޖޫދުވެގެން އައި ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކާތިބެއްގެ ވަޒީފާއިން ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވި އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ ދަތުރު 49 އަހަރަށް ދެމިގެން ދިޔައިރު، އެ ދަތުރު ނިންމަވާލެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއާ މިނިސްޓަރުކަމުގެ މަގާމާއެކު ކަމަށެވެ.

"އެއީ ގައުމަށް ހިދުމަތްތަކެއް ކޮށްދެއްވުނު ކަމުގެ ހިތްހަމަޖެހުން. ގައުމު ބަލައިގަތް ކަމުގެ ހިތްހަމަޖެހުން. ނަތީޖާ ނެރެދެއްވުނު ކަމުގެ ހިތްހަމަޖެހުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ އުމުރުފުޅުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދުވަހު ގައުމަށް ހިދުމަތް ކޮށްދެއްވިކަން ސަރުކާރުން ބަލައިގަތްކަމުގެ އެއް ހެއްކަކީ މިއަދު ސަރުކާރުގެ އޮފީސް އިމާރާތެއް އެމަނިކުފާނުގެ ނަންފުޅަށް ހާއްސަވެގެން ދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގައި ދައުލަތުގެ އޮފީހެއް ނުވަތަ އޮފީސް އިމާރާތެއް ހިންގަން ފަށާ މިއީ ފުރަތަމަ ފަހަރެވެ. މިއީ މާލެއިން ބޭރުގައި ދައުލަތުގެ އޮފީސް އިމާރާތްތައް ހިންގާ ފުރަތަމަ ފަހަރުވެސް މެއެވެ.

ޒަމާނީ ވަސީލަތްތަކާއި، ހިތްހަމަޖެހޭ ތަނަވަސް މާހައުލެއްގައި މަސައްކަތް ކުރެވޭ ފަދައިން އިމާރާތްކޮށްފައިވާ މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި ހިންގަން ހަމަޖެހިފައިވަނީ އެއް މިނިސްޓްރީ އެވެ. މި އިމާރާތުގައި ޓްރާންސްޕޯޓް މިނިސްޓްރީ، ޖެންޑާ މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުގެ އޮފީސްތައް ހިންގާ ހުރަވީ ބިލްޑިންއާއި ގާޒީ ބިލްޑިން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ ގިނަ އޮފީސްތަކެއް ހިންގަން ޖެހިފައި އޮތީ ކުލީ އިމާރާތްތަކުގަ އެވެ. ނަމަވެސް ހުޅުމާލޭގައި މިއަދު ހުޅުވި އާ އޮފީސް އިމާރާތާއެކު އެކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox