ޑްރަގު ގެންނަ ބިދޭސީން ފޮނުވާލާ މައްސަލައާ ދެކޮޅަށް ވިޕު ނެރުނު ސަބަބު އަސްލަމް ސާފުކޮށްދީފި

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. - ފައިލް ފޮޓޯ

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. - ފައިލް ފޮޓޯ

ރާއްޖެއަށް ޑްރަގު ހިފައިގެން އަންނަ ބިދޭސީ އަނބުރާ ފޮނުވާލުމަށް އަލަށް ހެދި ގަވައިދު އިސްލާހުކުރަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާއާ ދެކޮޅަށް އެމްޑީޕީން ވިޕު ނެރުނު ސަބަބު އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ސާފުކޮށް ދެއްވައިފި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާއަށް ހަސަން ލަތީފް ކުއްލި މައްސަލައެއް ހުށަހެޅުއްވީ 'ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު' ގައި ހުރި މަސްތުވާތަކެތީގެ ގާނޫނާ ތައާރުޒުވާ ކަންކަން އުނިކުރުމަށް ސަރުކާރަށް ގޮވާލައި އެވެ.

އެ މައްސަލަ ބަހުސްކުރަން މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި 24 މެމްބަރަކު ތާއީދު ކުރެއްވި ނަމަވެސް، 16 މެމްބަރުން ވަނީ ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.

Advertisement

އެ ކުއްލި މައްސަލަ ބަލައިގަތުމަށްފަހު، ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށަހެޅީ ވަރަށް މުހިންމު ބޭނުމެއްގައި ނަމަވެސް، މި މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވިޕްލައިން ނެރުނު ކަމަށެވެ.

"...އަޅުގަނޑުގެ ފިކުރު ވަކި ގޮތަކަށް ހުރީތީ، މި މައްސަލަ ބަލައިނުގަތުމަށް ޕާލިމަންޓަރީ ގުރޫޕުން އެ ރެޑު ވިޕްލައިން ނެރުނު ބޭފުޅުންނަކީ ހަގީގަތުގަ އެއްވެސް ކަމެއްގަ ސަރުކާރަށް ފަސޭހަވާނެ ގޮތަކަށް ނޫނީ ތާއީދެއް ލިބޭނެ ގޮތަކަށް އަމަލުކުރަން ބޭފުޅުންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ހަސަލް ލަތީފްގެ އިތުރުން، އެ ކުއްލި މައްސަލައާ ދެކޮޅަށް އެމްޑިޕީން ވިޕު ނެރުމުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ވަނީ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕަށް ފާޑުވިދާޅުވެފަ އެވެ.

ކުއްލި މައްސަލައަށް މިހާރު ކުރިއަށްދާ ބަހުސްގެ ތެރެއިން އަސްލަމް ވަނީ އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ.

މިގޮތުން، އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރުން ފާސްކޮށްފައި އޮންނަ އުސޫލުތަކަކާއި ހަމަތަކެއް އޮންނަ ކަމަށެވެ.

"މިއަދު ހުށަހެޅުނު ކުއްލި މައްސަލާގައި އަމަލުކޮށްފައިވަނީ ޕާލިމަންޓަރީ ގުރޫޕުގެ ރުހުމާ ނުލައި ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން،" އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވި ގޮތުގައި އެ ކުއްލި މައްސަލާގައި ޑްރަގު ޓްރެފިކު ކުރަން ސަރުކާރުން ޖާގަ ދޭކަމަށް ތުހުމަތު ކޮށްފައިވުމަކީ ވިޕު ނެރުނު އަނެއް ސަބަބެވެ.

އަދި ގާނޫނާ ހިލާފަށް ގަވައިދު ހަދާފައިވާ ކަމަށް އެ ކުއްލި މައްސަލާގައި ބުނެފައިވާއިރު، އެކަމަށް ޗެލެންޖު ކުރެވޭނީ ކޯޓުގައި ކަމަށް އަސްލަމް އިތުރަށް ވިދާޅުވި އެވެ.

މިދިޔަ މަހު އަމަލުކުރަން ފެށި އާ ގަވާއިދު ފެންމަތިވެފައިވަނީ މ މަހުގެ އަށް ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއަށް އައި ބްރެޒިލްގެ އަންހެނެއްގެ ލަގެޖުން 2.6 ކިލޯގެ ކޮކެއިން އަތުލުމަށް ފަހު އެ ގަވާއިދުގެ ދަށުން އެ މީހާ އަނބުރާ ފޮނުވާލުމުންނެވެ.

މިއާއެކު އެ ގަވާއިދަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ ތެރެއިންނާއި، ވެރިކަން ކުރާ ޕާޓީ އަދި އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމުން ވެސް މި ގަވާއިދާ އެއްބަސްވުމުގެ ބަދަލުގައި އެކި ގޮތްގޮތުން ދަނީ ސަރުކާރަށް ފާޑުކިޔައި ޕްރެޝަރު ކުރަމުންނެވެ.

ގަވައިދުގެ ދިފާއުގައި ފުލުހުން

ނަމަވެސް، ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން މަޖިލީހުގެ އިދާރާއަށް ފޮނުވި ކަރުދާހެއްގައި ފުލުހުން ވަނީ އެ ގަވައިދު ދިފާއުކޮށްފަ އެވެ.

"އަދަދު" ނޫހަށް ލިބިފައިވާ އެ ކަރުދާހުގައި ބުނެފައިވަނީ މި އަހަރަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމަނާފައިވާ ކަމަށާއި، މިހާރު ޖެހިފައިވާ މައްސަލައަށް އެންމެ ރަނގަޅު ހައްލު ހޯދައިދީ ރާއްޖޭގެ ހާލަތަށް ބަލައި އެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ފުރުސަތު މަޖިލީހަށް ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން ފުލުހުން ވަނީ މިދިޔަ މަހު އަމަލުކުރަން ފެށި ގަވާއިދު ދިފާއުކޮށް ގިނަ ޕޮއިންޓުތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ގައުމަށް ނުވައްދައި މަސްތުވާތަކެތި އަތުލުމަށްފަހު އެފަދަ ފަރާތްތައް އަނބުރާ ފޮނުވާލުމަކީ ޑްރަގު ނެޓްވޯކްތަކަށް އެންމެ ގެއްލުން ބޮޑު ގޮތް ކަމަށް ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުންވެސް ބުރަވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

"އެމެރިކާގެ ޑްރަގު އެންފޯސްމަންޓު އެޖެންސީ އިން މި ސަރަހައްދައަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓު ވެސް ލަފާދީފައިވަނީ އެންޓްރީ ޑިނައި ކުރާ ހާލަތުގައިވެސް މަސްތުވާތަކެތި އަތުލުމަށްފަހު ފޮނުވުމަށްކަން ފާހަގަކުރަން،" އެ ކަރުދާހުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox