ޑްރަގު އެތެރެކުރާ ބިދޭސީން ފޮނުވާލާ މައްސަލައާ ދެކޮޅަށް ވިޕު ނެރުމުން ހަސަން ލަތީފްގެ ކަންބޮޑުވުން

މަޖިލީހުގެ ޖަލްސާއެއްގައި ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: މަޖިލިސް

ރާއްޖެއަށް ޑްރަގު ހިފައިގެން އަންނަ ބިދޭސީ އަނބުރާ ފޮނުވާލުމަށް އަލަށް ހެދި ގަވައިދު އިސްލާހުކުރަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާއާ ދެކޮޅަށް އެމްޑީޕީން ވިޕު ނެރުނުކަމަށް ވިދާޅުވެ އޭނާ މިއަދު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާއަށް ހަސަން ލަތީފް ކުއްލި މައްސަލައެއް ހުށަހެޅުއްވީ 'ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު' ގައި ހުރި މަސްތުވާތަކެތީގެ ގާނޫނާ ތައާރުޒުވާ ކަންކަން އުނިކުރުމަށް ސަރުކާރަށް ގޮވާލައި އެވެ.

އެ މައްސަލާގައި އޭނާ ވިދާޅުވީ، އެ ގަވައިދުގެ ސަބަބުން އަދަބު ލިބުމުގެ އެއްވެސް ބިރެއްނެތި ޑްރަގު އެތެރެކުރާ ނެޓުވާކުތަކަށް މަގު ފަހިވެފައިވާ ކަމަށެވެ.

އެ މައްސަލަ ބަހުސްކުރަން މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި 24 މެމްބަރަކު ތާއީދު ކުރެއްވި ނަމަވެސް، 16 މެމްބަރުން ވަނީ ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.

އެ ކުއްލި މައްސަލަ ބަލައިގަތުމަށްފަހު، ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށަހެޅީ ވަރަށް މުހިންމު ބޭނުމެއްގައި ނަމަވެސް، މި މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވިޕްލައިން ނެރުނު ކަމަށެވެ.

"...އަޅުގަނޑުގެ ފިކުރު ވަކި ގޮތަކަށް ހުރީތީ، މި މައްސަލަ ބަލައިނުގަތުމަށް ޕާލިމަންޓަރީ ގުރޫޕުން އެ ރެޑު ވިޕްލައިން ނެރުނު ބޭފުޅުންނަކީ ހަގީގަތުގަ އެއްވެސް ކަމެއްގަ ސަރުކާރަށް ފަސޭހަވާނެ ގޮތަކަށް ނޫނީ ތާއީދެއް ލިބޭނެ ގޮތަކަށް އަމަލުކުރަން ބޭފުޅުންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ހަސަން އިތުރަށް ވިދާޅުވި ގޮތުގައި އެ ގަވައިދުގެ ސަބަބުން، ޑްރަގު އެތެރެކުރުމުގައި ސަރުކާރުގެ ސީދާ ބައިވެރިވުން އޮތް ކަމުގެ ތުހުމަތު ވެސް އަމާޒުވަމުންދާއިރު، މިކަން ވީއެންމެ އަވަހަކަށް ހައްލު ކުރަންޖެހެ އެވެ.

ހަސަލް ލަތީފްގެ އިތުރުން، އެ ކުއްލި މައްސަލައާ ދެކޮޅަށް އެމްޑިޕީން ވިޕު ނެރުމުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ވަނީ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕަށް ފާޑުވިދާޅުވެފަ އެވެ.

މިދިޔަ މަހު އަމަލުކުރަން ފެށި އާ ގަވާއިދު ފެންމަތިވެފައިވަނީ މ މަހުގެ އަށް ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއަށް އައި ބްރެޒިލްގެ އަންހެނެއްގެ ލަގެޖުން 2.6 ކިލޯގެ ކޮކެއިން އަތުލުމަށް ފަހު އެ ގަވާއިދުގެ ދަށުން އެ މީހާ އަނބުރާ ފޮނުވާލުމުންނެވެ.

މިއާއެކު އެ ގަވާއިދަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ ތެރެއިންނާއި، ވެރިކަން ކުރާ ޕާޓީ އަދި އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމުން ވެސް މި ގަވާއިދާ އެއްބަސްވުމުގެ ބަދަލުގައި އެކި ގޮތްގޮތުން ދަނީ ސަރުކާރަށް ފާޑުކިޔައި ޕްރެޝަރު ކުރަމުންނެވެ.

ގަވައިދުގެ ދިފާއުގައި ފުލުހުން

ނަމަވެސް، ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން މަޖިލީހުގެ އިދާރާއަށް ފޮނުވި ކަރުދާހެއްގައި ފުލުހުން ވަނީ އެ ގަވައިދު ދިފާއުކޮށްފަ އެވެ.

"އަދަދު" ނޫހަށް ލިބިފައިވާ އެ ކަރުދާހުގައި ބުނެފައިވަނީ މި އަހަރަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމަނާފައިވާ ކަމަށާއި، މިހާރު ޖެހިފައިވާ މައްސަލައަށް އެންމެ ރަނގަޅު ހައްލު ހޯދައިދީ ރާއްޖޭގެ ހާލަތަށް ބަލައި އެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ފުރުސަތު މަޖިލީހަށް ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން ފުލުހުން ވަނީ މިދިޔަ މަހު އަމަލުކުރަން ފެށި ގަވާއިދު ދިފާއުކޮށް ގިނަ ޕޮއިންޓުތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ގައުމަށް ނުވައްދައި މަސްތުވާތަކެތި އަތުލުމަށްފަހު އެފަދަ ފަރާތްތައް އަނބުރާ ފޮނުވާލުމަކީ ޑްރަގު ނެޓްވޯކްތަކަށް އެންމެ ގެއްލުން ބޮޑު ގޮތް ކަމަށް ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުންވެސް ބުރަވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

"އެމެރިކާގެ ޑްރަގު އެންފޯސްމަންޓު އެޖެންސީ އިން މި ސަރަހައްދައަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓު ވެސް ލަފާދީފައިވަނީ އެންޓްރީ ޑިނައި ކުރާ ހާލަތުގައިވެސް މަސްތުވާތަކެތި އަތުލުމަށްފަހު ފޮނުވުމަށްކަން ފާހަގަކުރަން،" އެ ކަރުދާހުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox