މުއްދަތު ހަމަވެފައިވާ ލައިސަންސު މިމަހުގެ ނިޔަލަށް ބަލައިގަތުމަށް މިނިިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފި އެވެ.
މުއްދަތު ހަމަވެފައިވާ ލައިސެންސް ބަލައިގަތުމަށް ނިންމާފައި ވަނީ ލައިސެންސްތައް ޑިޖިޓަލައިޒް ކުރުމަށްޓަކާ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މުއްދަތު ހަމަވާ ލައިސަންސް ބަލައިގަތުމުގެ މުއްދަތު އއިތުރުކޮށްފައިވާ ސަބަބެއް އެ މިނިސްޓްރީ އިންް ހާމަކޮށްފައެއް ނުވެ އެވެ.
ލައިސަންްސް ޑިޖިޓަލައިޒްް ކޮށްފައިވާއިރު އެކަމާާ ގުޅޭ އެހެނިހެން ހިދުމަތްތައް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ޑިޖިޓަލްކޮށްފަ އެވެ.
މި ހިދުމަތް ފެށުމާ އެކު ލައިސަންސަށް އެދުން ކުރިއަށް ގެންދާނީ އީފާސްގެ މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލުގެ ތެރެއިންނެވެ.

ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފެށުމާ އެކު އަލަށް ލައިސަންސް ދޫކުރާއިރު އޮންނާނީ ޑިޖިޓަލްް ލައިސަންސެކެވެ. ލައިސަންސް ކާޑު ބޭނުންވާ ފަރާތްތަކަށް އެ ކާޑު ދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.













