ބޭރު މީހުންނަށް ތިލަފުށިން ބިން ކުއްޔަށްދޭތީ ރާއްޖޭގެ ވިޔަފާރިވެރިން އެއް މޭޒަކަށް

ކ. ތިލަފުށީގެ އޭރިއަލް ވިއުއެއް. ބޭރުގެ ފަރާތްތަކަށް އެރަށުން ބިން ކުއްޔަށް ދިނުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވި -- ފޮޓޯ: ފައިލް

ކ. ތިލަފުށީގެ އޭރިއަލް ވިއުއެއް. ބޭރުގެ ފަރާތްތަކަށް އެރަށުން ބިން ކުއްޔަށް ދިނުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވި -- ފޮޓޯ: ފައިލް

ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ތިލަފުށިން ބިން ކުއްޔަށް ދޫކުރަން ނިންމާފައިވާތީ ރާއްޖޭގެ ވިޔަފާއިވެރިން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެ މަޝްވަރާ ބައްދައްލުވުމުގައި ސިނާއީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ދިވެހި ކުންފުނިތަކުގެ ވެރިން ބައިވެރި އެވެ.

އެ ބައްދަލުވުމުގައި ތިލަފުށިން ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން ދިވެހި ވިޔަފާރިވެރިންގެ ފަރާތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލުކޮށް މަޝްވަރާކުރުމަށް ނިންމާފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ވެރިން ބައިވެރިވި އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ބައެއް މީޑިއާތަކަށް ދިން ނަމަވެސް, އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އަދި ހާމަ ނުކުރުމަށް އެ ފަރާތްތަކުން އެދުނެވެ.

ނަމަވެސް އެ ބައްދަލުވުމަކީ އެއްވެސް ހާލެއްގައި ސިޔާސީ ބައްދަލުވުމެއް ނޫން ކަމާއި ސިޔާސީ އެއްވެސް ނުފޫޒެއް ވެސް އޮތް ބައްދަލުވުމެއް ނޫން ކަން އެ ފަރާތްތަކުން ބުންޏެވެ.

ވަރަށް އަވަސް މުސްތަގުބަލެއްގައި އެ ބޭފުޅުންގެ ފަރާތުން ކުރިއަށް ގެންދިޔަ މަޝްވަރާތަކާއި އަދި ނިންމުނު ކަންކަމާ ގުޅޭ ގޮތުން މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

ސިނާއީ މަސައްކަތްތައް ކުރުމަށް ތިލަފުށީގެ ބިން ބޭރު ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައި ވަނީ ދިވެހި ކުންފުނިތަކަށް ތިލަފުށިން މިލްކު ކުރެވޭ ގޮތަށް ވެސް ބިޑު ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ސަރުކާރުން ތިލަފުށި ތަރައްގީކުރަން އެކުލަވާލި މާސްޓާ ޕްލޭނުގައިވާ ގޮތުން އިތުރު 151 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ތިލަފުއްޓަކީ ކުނި މެނޭޖުކުރާ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރަށަކީ ރާއްޖޭގެ "ސިނާއީ މައި ހަބު" ކަމުގައި އެ ހެދުމުގެ މަގުޗާޓެއް ވެސް އެޗްޑީސީން ވަނީ އެކުލަވާލައި އާންމު ކޮށްފަ އެވެ.

ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ތިލަފުށިން ބިން ކުއްޔަށް ދޫކުރަން ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު، އާދަމް ޝަރީފު ވަނީ ފާއިތުވި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

އެޗްޑީސީން ކުރި އިއުލާނާ ގުޅިގެން ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox