ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް "ގްރީން ފައިނޭންސް" ވޯކްޝޮޕެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް "ގްރީން ފައިނޭންސް" ވޯކްޝޮޕެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް "ގްރީން ފައިނޭންސް" ވޯކްޝޮޕެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބާއްވައިފި އެވެ.

ޕްރިވެންޝަން އޮފް މެރިން ލިޓަރ އިންދަ ލަކްޝަޑްވީޕް ސީ (ޕްރޮމިސް) ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފައްދައި ބޭނުންކުރުން ޕްރޮމޯޓުކުރުމަށް، ޔޫރަޕްގެ އިއްތިހާދުގެ މާލީ އެހީއާއެކު ރާއްޖެ އާއި ސިރީލަންކާ އާއި އިންޑިއާގައި މޫދަށް އެޅޭ ކުނިބުނި މަދުކޮށް ރައްކާތެރިކަމާއެކު އެތަކެތި މެނޭޖުކުރުމަށް، އުފައްދާފައިވާ ޕްރޮޖެކްޓެކެވެ.

މޫދަށް އެޅޭ ކުނި މަދުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފައްދާ ކުނިބުނި ރަނގަޅު ގޮތުގައި މެނޭޖުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމަށް އެހީތެރިވެދިނުމުގެ ގޮތުން، ޕްރޮމިސް ޕްރޮޖެކްޓުން ތަފާތު އެތައް މަސައްކަތްތަކެއް ކުރަމުންދާނެ އެވެ.

މި ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

މިނިސްޓަރުގެ ވާހަކަގައި ރަގަނޅު ގޮތުގައި ކުނި މެނޭޖް ނުކުރެވުމުގެ ސަބަބުން މޫދަށް އެޅޭ ކުނި ގިނަވެ އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ލިބެމުންދާ ގެއްލުމާއި މޫދު ތަޣައްޔަރުވުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އަލިއަޅުއްވާލެއްވި އެވެ.

މިއަދު ބޭއްވި "އެމްއެސްއެމްއީ ގްރީން ފައިނޭންސް" ވޯކްޝޮޕްގައި ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވި އެވެ. އަދި ފައިނޭސިންގް އިންސްޓިޓިއުޝަންސް ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ ބައިވެރިވެ އެ ފަރާތްތަކުގެ ފައިނޭންސިން ސްކީމްއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިފައިވެ އެވެެ.

މި ވޯކްޝޮޕްގެ އިތުރުން 07 ފެބްރުއަރީ 2023 ވަނަ ދުވަހު މި ޕްރޮޖެކްޓްގެ ތިންވަނަ ޕޮލިސީ ރައުންޑްޓޭބަލް މީޓިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ވަނީ ބާއްވާފަ އެވެ. އަދި ޕްލާސްޓިކާއި ކުނި މެނޭޖްކުރުމަށް އެކުލަވާލެވިފައިވާ ސިޔާސަތުތައް، ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ސްޓޭކްހޯލްޑަރުންގެ މަޝްވަރާ އާއި ހިޔާލު ހޯދުމުގެ ގޮތުން މީގެކުރީގައި ދެ ޕޮލިސީ ރައުންޑް ޓޭބަލް މީޓިންއެއް ވެސް ވަނީ ބާއްވާފަ އެވެ.

ތިންވަނަ ޕޮލިސީ ރައުންޑްޓޭބަލް މީޓިންގައި ބައިވެރިންގެ ފަރާތުން ކުނިބުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ހުށައަޅާފައިވާ ހަތަރު ކަމެއް އިތުރަށް މަޝްވަރާކޮށް ތަރައްގީކުރި އެވެ. މި މީޓިންގްގައި ކަމާއިބެހޭ ސަރުކާރުގެ އޮފީސްތަކުންނާއި މުއައްސަސާތަކުން އަދި އެސޯސިއޭޝަންތަކުން، އެންވަޔަރަމެންޓަލް އެންޖީއޯތަކުން، އަދި އިންޓަނޭޝަނަލް ބައެއް އޭޖެންސީތަކާއި އެކަޑެމިއާއިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox