ގުރައިދޫ އާއި ކަލާފާނު ކުޅުުނު މެޗަށް ފަހު މާރާމާރީ ހިންގައި ރެފްރީ އަށް ހަމަލާދީފި

Feb 6, 2023, 7:52 PM
ކަލާފާނާއި ގުރައިދޫ ކުޅުނު މެޗަށް ފަހު ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން.

ކަލާފާނާއި ގުރައިދޫ ކުޅުނު މެޗަށް ފަހު ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން.

އެފްއޭއެމް 17 އަަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކ. ގުރައިދޫ ސްކޫލް އަތުން ކަލާފާނު ސްކޫލް 2-1 އިން މޮޅުވި މެޗަށް ފަހު ގުރައިދޫ ޓީމުގެ ކުޅުންތެރިންގެ ބެލެނިވެރިންނާއި އޮފިޝަލުންގެ އިތުރުން ކުޅުންތެރިން ހިމެނޭ ގޮތަށް މާރާމާރީ ހިންގައި ރެފްރީ އަށް ހަމަލާދީފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު 17 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗަށް ފަހު، ގުރައިދޫގެ ކުޅުންތެރިންގެ ބެލެނިވެރިންގެ ތެރެއިން ބަޔަކާއި ޓީމުގެ އޮފިޝަލުން އަދި ކުޅުންތެރިން ވެސް ހިމެނޭ ގޮތަށް ރެފްރީ ފަހައި ވަނީ ދުވެފަ އެވެ.

Advertisement

ރެފްރީ އަށް ގުރައިދޫގެ ގިނަ ފަރާތްތަކެއް ހިމެނޭހެން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، ރެފްރީސް ރޫމާ ހަމައަށް ދުވެފައި ދާތަން ވެސް ފެނެ އެވެ.

މި މެޗުގައި ހިނގާ މިދިޔަ ކަންތައްތަކާ ބެހޭގޮތުން ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ގޮތުން ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް، ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޓަ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާ ހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިކަން ފާހަގަކުރައްވައި، މިނިސްޓަރު މަހުލޫފް ވަނީ މި މައްސަލަ، ޕޮލިހާއި އެފްއޭއެމް އިން ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.

ގިނަ ބަޔެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ވަރަށް މައްސަލަ ގޯސްވެފައިވީއިރު ވެސް އެކަށީގެންވާވަރުގެ ސެކިއުރިޓީގެ އިންތިޒާމެއް ވެސް ނެތުމެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން، ހުސެއިން މުހައްމަދު، ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރިއިރު، ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ކުޅިވަރު މުބާރަތްތަކުގައި ރެފްރީ އަށް ހަމަލާދިނުމާއި މާރާމާރީ ހިނގުމަކީ އާ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް، ކުޅިވަރުގައި ވެސް ކުރިމަގު އަދި ގައުމެއްގެ މުސްތަގުބަލު ކަމަށްވާ ސްކޫލް ކުދިންގެ މެދުގައި ބޭއްވޭ ކުޅިވަރު މުބާރާތެއްގައި އެ ފަދަ ކަމެއް ހިނގުން ބަލައިނުގަނެވޭ ކަމަށެވެ.

"ކިޔަވާ ދަރިވަރުންގެ މެދުގައި ބޭއްވޭ ކުޅިވަރު މުބާރާތެއްގައި އެ ފަދަ ކަމެއް އިންސާފުކުރާން ތިބޭ ބަޔަކަށް ޓީމެއްގެ/ޓީމުތަކުގެ ބެލެނިވެރިން ނުވަތަ ސަޕޯޓަރުން ހަމަލާދީ މާރާމާރީ ހިނގާ ހެދުމުން ދޭހަވަނީ މިގައުމުގެ އިޖުތިމާއީ ފޭރާން އޮތް ހާލަތު،" އިންޓަނޭޝަަނަލް ބީޗް ވޮލީބޯޅަ ރެފްރީއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ހުސެއިން ވިދާޅުވި އެވެ.

ގުރައިދޫގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ބެލެނިވެރިން މެޗުގެ ރެފްރީ ފަހަތުން ދުވަނީ.

"މި ގައުމުގެ ބެލެނިވެރިން ނުވަތަ މައިންބަފައިންގެ ކިބައިގައި މާތް އަހްލާގާއި ރިވެތި އުސޫލުތަށް އަށެގެންފައިވާ މިންވަރު. މިއީ މުޅި ނިޒާމު ހިނގުމުގައި ހުރި ބޮޑެތި މައްސަލަތެއްގެ ނަތީޖާކަން ޔަގީން... މިއީ ފާއިތުވީ ގިނަދުވަސްތަކެއްގައި ދިގުދެމިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ބޮޑު މަންޒަރު. މިއީ، މިއަދު ވެސް، މިފަދަ ކަންކަން އިސްލާހުކުރުމަށް ބަޔަކު ނޫޅޭކަމުގެ ދިރިހުރި މިސާލެއް.. ގައުމެއްގެ ދުރުމިން ފެންނާން އޮތީ ބިރުވެރިކަމާއި ނާމާންކަން. ރައްޔިތެއްގެ ނަޒަރުން ތަސައްވަރު ކުރެވެނީ މާޔޫސް ކަމާއި ހިތްދަތިކަން ނޫން އެހެން ކޯއްޗެއްތޯ އެވެ."

ޔޫތު ފުޓްބޯޅަ ކުރިއެރުވުމުގައި އިސް މަސައްކަތެއް ކުރަމުން އަންނަ ކޯޗު، އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ މިއީ އެއް ގޮތަކަށް ވެސް ވެގެންވާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

"މި ކަންކަމުގެ ޒިންމާއާ ހަވާލުވެތިބި ފަރާތްތަކުން އެބަޖެހޭ ގައުމީ ސްޓޭޑިއަމަކީ ޓީމުތަކާއި މެޗު އޮފިޝަލުންނާއި ސަޕޯޓަރުންނަށް ރައްކާތެރި މާހައުލެއް އޮތްތަނެއްކަން ކަށަވަރުކޮށްދޭން،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރި ސާންތީ، ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

ގުރައިދޫ އާއި ކަލާފާނު ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްތައް އެފްއޭއެމުން ބަލަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ވަނީ މިރޭ "އަދަދު" އަށް ޔަގީންކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox