ދައުރުގެ ފަހު ރިޔާސީ ބަޔާން؛ "އަންނަނީ" އާއި "ނިމިއްޖެ" އަޅާކިޔުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ؛ މިއީ މި ދައުރުގެ ފަހު ރިޔާސީ ބަޔާން-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ؛ މިއީ މި ދައުރުގެ ފަހު ރިޔާސީ ބަޔާން-- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ "ސްލޯ" ކަމުގެ ވާހަކައާއި މަޝްރޫއުތައް "އަންނަނީ" ގައި ހުންނަ ވާހަކައަކީ ސަރުކާރުގެ ވާދަވެރިންގެ އެންމެ ބޮޑު އެއް ފާޑުކިޔުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ނާގާބިލުކަން ދެއްކުމަށް އެ ވެރިން އެންމެ ގަދައަށް ދައްކާ ވާހަކައަކީ ވެސް އެއީ އެވެ.

ދައުރުގެ ފަހު ރިޔާސީ ބަޔާނުގައި އެމަނިކުފާނު މިއަދު ވަނީ ދައުރުގެ މިހާތަނަށް ވެނިމިފައި ހުރި ކަންކަން ވިދާޅުވެދެއްވާފަ އެވެ. ވަކިވަކި ދާއިރާތަކުގައި ހިނގަމުން އަންނަ ކަން ކަމާއި "އަންނަނީ" ގައި ހުރި ކަންކަމުގެ ވާހަކަ ވެސް ހިމަނައިގެންނެވެ.

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ވަނީ މިހާތަނަށް ސަރުކާރުން ކޮށް ނިންމާފައިވާ 52 ކަމަކާއި މިހާރު ހިނގަމުން އަންނަ، ނިންމަން ހިފާފައިވާ 46 ކަމެއް ފާހަގަކުރައްވާފަ އެވެ.

ނިމިފައިވާ މުހިންމު ކަންކަން؛

  • މިނިމަމް ވޭޖު ދޭން ފަށައި ސާވިސް ޗާޖު ކަނޑައެޅުން
  • ގިނަ ރަށްރަށުގެ އާ އިންޖީނުގެ އަޅައި، އިންޖީނުގެތަކުގައި 313 ޖެނެރޭޓަރު ސެޓު ގާއިމް ކުރުން
  • އާރްޓީއެލް ފެރީ އަދި ބަހުގެ ހިދުމަތް
  • ފަތުރުވެރިކަމުގެ ދާއިރާއަށް 16758 އެނދު އިތުރު ކުރުން
  • ހިލޭ ޑިގްރީ
  • ޓީޗަރުންގެ މުސާރަ ބޮޑުކުރުން
  • ޑޮމެސްޓިކް އެއާޕޯޓުތައް
  • 259 ފަރާތަކަށް ގެދޮރުވެރިޔާ ލޯނު

ހިނގަމުން އަންނަ ބައެއް ކަންކަން؛

  • އިންޓަނޭޝަނަލް އެއާޕޯޓުތަކާއި އަތޮޅުތެރޭގެ ގިނަ އެއާޕޯޓުތައް
  • އަތޮޅުތެރޭގެ 2200 ހައުސިން ޔުނިޓުގެ މަސައްކަތް
  • ގދ.ތިނަދޫ، ލ.ގަން ، ރ. އުނގޫފާރުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް
  • ތިލަމާލެ ބްރިޖުގެ މަސައްކަތް
  • ތައުލީމީ ދާއިރާއާ ގުޅޭ އިތުރު 509 އުމުރާނީ މަޝްރޫއު
  • ރާއްޖޭގެ ޖުމްލަ 130 ސަރަހައްދެއް ހިމާޔަތް ކުރުން
  • ލަފާފުރުމުގެ ދަތިކަން ވެސް މުޅިރާއްޖެއިން ނައްތާލުމުގެ ފުޅާ މަޝްރޫއު

ކުރިއަށް ހުރި ކަންކަން؛

  • ސިއްހީ ހިދުމަތްތެރިންނާއި ލެކްޗަރާއިންނާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން
  • އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މަޖިލީހުގެ މި ދައުރަށް ފޮނުވުން
  • ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތް
  • ހުވަދޫ އަތޮޅާއި ފުވައްމުލަކު އަދި އައްޑޫގައި އާރްޓީއެލްގެ ހިދުމަތް ގާއިމް ކުރުން
  • އައްޑޫ ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު
  • ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ޔަގީންވާ ލިޔުން ޝަރުތު ހަމަވާ މީހުންނާ ހަވާލުކުރުން
  • މެއި މަހުގެ ނިޔަލަށް ހައުސިން ޔުނިޓުތައް ނިންމުން
  • 30 އެނދުގެ ހޮސްޕިޓާ 12 ރަށެއްގައި އަދި 50 އެނދުގެ ހޮސްޕިޓާ 6 ރަށެއްގައި އިމާރާތްކުރުން

ރިޔާސީ ބަޔާނުގައި ދެވަނަ ރިޔާސީ ދައުރަކަށް ވެރިކަން ކުރާ މައި ޕާޓީގެ ރިޔާސީ ޓިކެޓު ދާދި ފަހުން ކާމިޔާބު ކުރެއްވި ރައީސް ސޯލިހު، ކުރިއަށް އޮތް ފަސް އަހަރުގެ އިގުތިސޯދީ ތަސައްވަރުގެ މައްޗަށް ވެސް ފުރަތަމަ ފަހަރަށް އަލިއަޅުވައިލެއްވި އެވެ.

އެގޮތުން، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ އެވެ. އަދި މިއަދު ފަށައި، ހިންގާ ނިންމަމުން މިދާ މަޝްރޫއުތަކަކީ އެހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބު ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ 2028 ނިމޭއިރު، ރާއްޖޭގެ އިގުތިސޯދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް. 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. ނަމަވެސް, އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިގުތިސޯދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައީސް ވިދާޅުވި ގޮތުގައި އިގުތިސޯދު މިއަންނަ ކުރިއެރުންތަކާ އެކު ދައުލަތަށް ލިބޭ އާމްދަނީ ވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ އެވެ.

"ސަރުކާރުން މިހާރު ތަންފީޒު ކުރަމުންމިދާ މާލީ، އިގުތިސޯދު އަދި އިޖްތިމާއީ ހުރިހާ ސިޔާސަތެއް ގޮސް ނިމެނީ މިދެންނެވި ނަތީޖާ ހާސިލްކުރުމަށް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

"ނިމިއްޖެ" ލިސްޓަށް ގިނަ ކަންކަން އިތުރުކުރައްވަމުން ރައީސް ވިދާޅުވީ އެ ނަތީޖާ ހާސިލުވުމުން، އެއީ ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާއި އާ ސިނާއަތުތައް އުފެދި، މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގާއިމުކުރެވި، ތަފާތުތައް ނެތި ދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox