މަގޫދޫ އަދި މުލީ އެއާޕޯޓު މި އަހަރު ނިމޭނެ: ރައީސް

މަގޫދޫ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ކުރަނީ؛ އެ އެއާޕޯޓު މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ވިދާޅުވި

މަގޫދޫ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ކުރަނީ؛ އެ އެއާޕޯޓު މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ވިދާޅުވި

ފ. މަގޫދޫ އަދި މ. މުލީ އެއާޕޯޓު ލަސްވެގެން މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ ދަތުރުފަތުރުގެ ވިއުގައަކުން ރާއްޖެ ގުޅާލުމުގެ ގޮތުން ހިންގާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ހާމަ ކުރައްވާފަ އެވެ. އެގޮތުން، އާރްޓީއެލްގެ ފެރީގެ ދަތޔުރުތަކާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަމުންދާ އެއާޕޯޓުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ހާމަ ކުރެއްވި އެވެ.

"ރާއްޖޭގެ ރަށްތައް ތަރައްގީވެ އިގްތިސާދީ ހަރަކާތްތަކަށް ފައްކާވަމުންދާއިރު، ވާންޖެހޭ ގޮތެއް އޮވޭ. އެއީ އެ ރަށްތަކުގެ ގޮނޑުދޮށާ ހަމައިގާ ހުއްޓިފައި އޮންނަ އިގްތިސާދު މުޅި ރާއްޖެއަށް ފަތުރާލުން. އެކަން ކުރެވޭނީ އިތުބާރާ ޔަގީންކަން އޮތް ބަދަހި ދަތުރު ފަތުރުގެ ނިޒާމަކުން." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެއްރަށް އަނެއްރަށާއި އެއް އަތޮޅު އަނެއް އަތޮޅާއި ގުޅި، މުޅި ރާއްޖޭގާ އެކީއެކަށް ހިނގާ އިގްތިސޯދީ އިންޖީނަކީ ދަތުރު ފަތުރުގެ ނިޒާމު ކަމަށެވެ. އަދި އެއީ އެއްގަމާއި، ކަނޑާއި ވައިގެ މަގުން ރާއްޖެ ގަތާލެވޭ ގަތާލުން ކަމަށެވެ.

"މިއަދު ބޮޑުތިލަދުންމަތީގެ އިތުރުން ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު. އާދެ! ހަމަ ކޮންމެ ދުވަހަކު، އެދަނީ އާރްޓީއެލްގެ ނިޒާމުން އަމުނާ ގަތާ ބަދަހިވަމުން," ފަސް އަހަރުގެ ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި، ފުވައްމުލައް އަދި އައްޑޫ، އާރްޓީއެލްގެ ނިޒާމުން ގުޅާލާނެ ކަމަށެވެ. އަދި އެގޮތަށް ކުރިއަށް ގޮސް ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލުން ގުޅާލާނެ ކަމަށެވެ. ހަމައެއާ އެކު އާރުޓީއެލްގެ މިނީބަހުގެ ހިދުމަތް މާލެ ސަރަހައްދާއި ބޮޑެތި ރަށްތަކުގައި ފެށިފައިވާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއާޕޯޓެއް ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އެގޮތުން، މިހާރު ހޯރަފުށީ އެއާޕޯޓު ހުޅުވި، ހިދުމަތް ދެމުންދާއިރު، އަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ފ. މަގޫދޫ އަދި މ. މުލީ އެއާޕޯޓް ލަސްވެގެން މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މާފަރު ބައިނަލްއަގްވާމީ އެއާޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފެށިފައިވާ ކަމަށާއި، އަލިފުށީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ. އަދި މަކުނުދޫ، ބިލެތްފަހި، ތުޅާދޫގެ އިތުރުން ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރު ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު މެދު ތެރޭ ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި މީގެއިތުރަށް ރ. އަތޮޅު ދެކުނު ބިތުގަ ތަރައްގީ ކުރެވޭ އެއާޕޯޓާ، ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއާޕޯޓްތަކާއެކު މުޅި ރާއްޖެ ވައިގެ މަގުން ގުޅާލައި ނިމޭނެ" އެއާޕޯޓުތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ވާހަކައާ އެކު ރައީސް ދެން ފާހަގަކުރެއްވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރާ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ވާހަކަ އެވެ. އެގޮތުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، އައްޑޫ އިންޓަނޭޝަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް މި ފެބްރުއަރީ މަހު ހަވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަމާޒަކީ، މިހާރު އަމަލީ މަސައްކަތް ފެށިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ މިއަހަރުގެ ފަހު ކުއާޓަރުގައި ނިންމުން ކަމަށެވެ. މާލެ ސަރަހައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ދެ މަޝްރޫއަކީ ރާއްޖޭގެ އެންމެ އުތުރާއި، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް ތަރައްގީ ކުރެވޭ ބައިނަލްއަގްވާމީ ޒަމާނީ ދެ އެއާޕޯޓު ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox