ބީއެމްއެލްގެ މުސާރަތައް ހާމަކުރަން ހުކުމް ކުރުމާ އެކު، ގާނޫނުގެ ދަށަށް ކުންފުނިތައް ވަދެއްޖެ

ބީއެމްއެލްގެ އިމާރާތެއް؛ ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުންގެ މުސާރަ ހާމަކުރުމަށް ހުކުމްކޮށްފި - ފޮޓޯ: ހުސައިން ޝަޔާހް / އަދަދު

ބީއެމްއެލްގެ އިމާރާތެއް؛ ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުންގެ މުސާރަ ހާމަކުރުމަށް ހުކުމްކޮށްފި - ފޮޓޯ: ހުސައިން ޝަޔާހް / އަދަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވަކިވަކި ބޯޑު ޑިރެކްޓަރުންގެ މުސާރައިގެ މައުލޫމާތު ހާމަކުރުމަށް ހައި ކޯޓުން މިއަދު ކުރި ހުކުމާ އެކު، މައުލޫމާތު ހޯދުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށަށް ސަރުކާރު ހިއްސާ އޮންނަ ކުންފުނިތައް ވަދެއްޖެ އެވެ.

އެ ގާނޫނުގެ ދަށުން، އެކި އިދާރާތަކުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ އަހުމަދު އައިމަން ބީއެމްއެލްގައި އެ މައުލޫމާތަށް އެދުނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

އައިމަން އެދިފައިވަނީ ބީއެމްއެލްގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލް ދިނުމަށެވެ. އެއީ ގޮތުން ބޭންކުގެ ބޯޑު އޮފް ޑިރެކްޓާސް ސީނިއާ މެނޭޖްމަންޓް ސްޓާފުންނާއި، އައިލެންޑް އެވިއޭޝަން ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވަކިވަކިން އެނގޭނެ ގޮތަށެވެ.

Advertisement

އޭނާ އެދިފައިވާ މައުލޫމާތު ބީއެމްއެލުން ނުދެ އެވެ. އެހެންވެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އައިމަން މައްސަލަ ހުށަހެޅުމުން އެ އޮފީހުން ވެސް ވަނީ އެ މައުލޫމާތު ދިނުމަށް ބޭންކަށް އަންގައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ބާތިލްކޮށްދިނުމަށް ބޭންކުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ބީއެމްއެލުން ވަކާލާތު ކުރި ކަމަކީ، ގާނޫނުގައި މައުލޫމާތު ދިނުމަށް ލާޒިމުކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އެ ބޭންކު ނުހިމެނޭ ކަމަށެވެ.

ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ، ގާނޫނުގައި ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އެ ތަނެއް ހިންގުމުގައި ދައުލަތެއް މަސްއޫލިއްޔަތެއް އަދާކުރާ ތަންތަން ހިމެނޭ ކަމަށް ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި ބީއެމްއެލް ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ވަންނާނެ ކަމަށެވެ.

އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ބާތިލްކުރަން ޖެހޭ އެއްވެސް ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މި ގޮތަށް ހައި ކޯޓުން ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސައިން މަޒީދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox