ރިޔާސީ ވައުދުތަކާ އެކު، އުމަރު އެދުނީ ޕީޕީއެމް މެންބަރުންގެ ސަޕޯޓަށް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން ލޯންޗުކުރެއްވުމުގެ އިވެންޓް ތެރެއިން

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން ލޯންޗުކުރެއްވުމުގެ އިވެންޓް ތެރެއިން

މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވައި، އިދިކޮޅު ޕީޕީއެމް މެންބަރުންގެ ތާއީދު ބޭނުންވާ ކަމަށް ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"އާ މިސްރާބަކަށް" ޝިއާރަކާ އެކު އުމަރުގެ ރިޔާސީ ކެމްޕޭން ލޯންޗު ކުރެއްވުމަށް ރޭ ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ޕީޕީއެމް އުފެއްދުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އުމަރު ހުށަހަޅުއްވާ ރިޔާސީ ވައުދުތަކަކީ އެ ޕާޓީގެ ސިޔާސީ ފަލްސަފާގެ ގޮތުގައި އުމަރު ސިފަކުރެއްވި އެވެ.

"ޕީޕީއެމްގެ މެންބަރުންނަށް އަޅުގަނޑު ގޮވާލަން، ޕީޕީއެމްގެ މެންބަރުންނަކީ އަޅުގަނޑު އަހުން، އަޅުގަނޑަކީ ޕީޕީއެމް އުފެއްދި އެއް ފައުންޑަރު، އެހެންވީމަ އަޅުގަނޑަށް ޔަގީން ޕީޕީއެމްގެ މެންބަރުން ވަޑައިގަންނަވާނެ ކަން އަޅުގަނޑާ އެކީގައި އަޅުގަނޑު މި ކުރާ ދަތުރުގައި،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ މެންބަރުންގެ ސަޕޯޓް ބޭނުންވާ ކަމަށް އުމަރު ވިދާޅުވިއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރެއްވުމުގަ އެވެ. ކްރިމިނަލް ކޯޓުން އިއްވި ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ އެވެ.

ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯދުމަށް ބޭއްވި އެތެރޭގެ ޕްރައިމަރީގައި ޔާމީނާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް އުމަރު ރޭ ދެއްކެވި ވާހަކައިގައި އޭނާގެ ބައެއް ރިޔާސީ ވައުދުތައް ވެސް ހުށަހެޅުއްވި އެވެ.

އުމަރު ހުށަހެޅުއްވި ބައެއް ވައުދުތައް

  • މިފްކޯ ޕްރައިވަޓައިޒްކޮށް، މަސް ބަންދުކުރުމުގެ ވިޔަފާރި ސަރުކާރުން ދޫކޮށްލުން
  • ކުދި ވިޔަފާރިތަކަށް ޓެކްސް ދައްކަން ނުޖެހުން
  • ރާއްޖޭގެ އެންމެ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުން
  • އައްޑޫގައި ފްރީ ޓްރޭޑް ޕޯޓެއް ގާއިމްކޮށް ބޭރުގެ ވިޔަފާރިންނަށް ހުޅުވާލުން
  • ރައްޔިތުންގެ މަޖިލިސް، 50 މެންބަރުންނަށް ކުޑަކުރުން
  • ސަރުކާރުގެ މުއައްސަސާތައް މަދުކުރަން އޭގެ 30 ޕަސެންޓް އުނިކުރުން
  • އެޓޯލް މިނިސްޓްރީ އުފައްދައި، ކޮންމެ އަތޮޅަކު ގަވަރުނަރަކު ބެހެއްޓުން
  • ސްކޫލް ނިންމާ ކުދިން، މަދުވެގެން އަހަރު ދުވަހު ސިފައިންގެއަށް ހިދުމަތް ކުރުން

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކުރެއްވީ އުމަރު އެކަންޏެވެ. ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި އަމަލުކުރާނެ ވަކި ގޮތެއް އެ ޕާޓީން އަދި ހާމައެއް ނުކުރެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ވެރިކަން ކުރާ ކޯލިޝަންގައި ދެން ހިމެނޭ އަދާލަތު ޕާޓީ، ޖޭޕީ، އަދި އެމްއާރުއެމުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާއިރު، އަލަށް އުފެއްދި އެމްއެންޕީގެ ކެންޑިޑޭޓަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox