ޗާޓާޑް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 200 ސްކޮލާޝިޕަށް ހުޅުވާލައިފި

ރާއްޖޭގެ އެކައުންޓެންޓުންގެ ފޯރަމްގައި ރައީސް ސޯލިހު އަދި އޮޑިޓާ ޖެނެރަލް؛ ޗާޓާޑް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ސްކޮލާޝިޕް ދޭން ވަނީ ނިންމާފައި

ރާއްޖޭގެ އެކައުންޓެންޓުންގެ ފޯރަމްގައި ރައީސް ސޯލިހު އަދި އޮޑިޓާ ޖެނެރަލް؛ ޗާޓާޑް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ސްކޮލާޝިޕް ދޭން ވަނީ ނިންމާފައި

ރާއްޖޭގައި ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށްޓަކައި 200 ސްކޮލާޝިޕް ހުޅުވާލައިފި އެވެ.

މިއަދު އިއުލާނު ކުރި 200 ސްކޮލާޝިޕް ބަހާލާފައި ވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ 150 އޯޕަން ކެޓަގަރީ އަދި 50 ޕަބްލިކް ކެޓަގަރީ އެވެ. މި ސްކޮލާޝިޕްތައް ދެނީ އޭސީސީއޭގެ ސްކިލްސް އަދި ޕްރޮފެޝަނަލް ލެވެލްއަށާއި، ސީމާގެ މެނޭޖްމަންޓް އަދި ސްޓްރެޓީޖިކް ލެވެލް އަށެވެ.

މި ސްކޮލާޝިޕްތައް ދެނީ، ސީމާ އަދި އޭސީސީއޭގެ ފަހު ދެ ލެވެލްގެ އިމްތިހާނު ފީ އާއި އެނޫންވެސް އެހެނިހެން ހަރަދުތައް ހިމެނޭ ގޮތަށެވެ.

މިއަދު މި ހުޅުވާލި 200 ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތުތަކެއް ކަމަށާއި މިއީ ޗާޓާޑް އެކައުންޓެންޓުންނަށް ވުމަށްޓަކައި އެއާއި ގުޅުން ހުރި ހުރިހާ ހަރަދެއް ދޭ ގޮތަށް ހުޅުވާލި ސްކޮލަޝިޕްގެ ފުރުސަތުތައް ކަމަށް މި ސްކޮލަޝިޕް އިއުލާން ކުރުމާއި ގުޅިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ވީހާވެސް ގިނަ ޒުވާނުން މި ފުރުސަތު ބޭނުން ހިއްޕަވާނެ ކަމަށް. ވަކިން ހާއްސަކޮށް މި ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ޒުވާނުންނާއި މި ދާއިރާއިން ތައުލީމު ހާސިލު ކުރަމުންދާ ޒުވާނުން މިކަމަށް ކުރިމަތިލައްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ 50 ފުރުސަތު ޕަބްލިކް ސެކްޓަރަށް ރިޒާވް ކުރުމުގެ ބޭނުމަކީ ދައުލަތުގެ މާލީ ކަންކަމުގައި މަސައްކަތް ކުރާ ޒުވާނުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ މާލީ ބަޔާންތަކާއި އަޅުގަނޑުމެން މިނެރޭ އޮޑިޓް ރިޕޯޓުތަކަކީ އާންމުންނަށް އޮޅުން ނާރާނެފަދަ ގޮތަކަށް ކުށެއް ނެތް ގޮތަކަށް ކަން ކުރެވޭނެފަދަ ބަޔަކު ލިޔާ ރިޕޯޓުތަކަކަށް ވާންޖެހޭ." ފަންނީ، ގާބިލު، ތައުލީމީ ޒުވާނުން މިކަންކަމުގައި އުޅެގެން މެނުވީ މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ނުކުރެވޭނެ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

މިއީ، މި ދާއިރާއިން ސްކޮލާޝިޕް ދިނުމަށް ހުޅުވާލި ދެވަނަ ފަހަރެވެ. ނިމިދިޔަ އަހަރުވެސް ވަނީ މި ދާއިރާއިން ކިޔެވުމަށް 173 ސްކޮލާޝިޕް ދީފަ އެވެ. މިދިޔަ އަހަރުގެ ސްކޮލާޝިޕްތައް ކާމިޔާބުކުރި ކެންޑިޑޭޓުންގެ ތެރެއިން 100 އަށްވުރެން ގިނަ ކެންޑިޑޭޓުން ވަނީ ސްކޮލާޝިޕްގައި ކިޔެވުން ފަށާފަ އެވެ.

މި ސްކޮލާޝިޕްތަކަށް ހޮވޭ ދަރިވަރުން ބައިވެރިވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ގިނަވެގެން ދެ އަހަރު ދުވަސް ދޭއިރު، ދެ އަހަރުގެ މުއްދަތަށް ރާއްޖޭގައި ހިދުމަތް ކުރުމަށް ބޮންޑުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox