ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިއަންއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ކ. ތުލުސްދޫ، މުހައްމަދު މަހުދީ، 35 އ. އެވެ. އޭނާ ގެއްލިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މަހުދީގެ ދައްތަ އައިމިނަތު އަރުޝީ ވަނީ މަހުދީގެ ދެ ފޮޓޯއަކާ އެކު އޭނާ ގެއްލިގެން ހޯދަމުންދާ ކަމަށް ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ.
އަރުޝީ ބުނި ގޮތުގައި އޭނާ ގެއްލިފައިވަނީ އިންޑިއާގެ ކޮޗިން އަމްރިތާ ހޮސްޕިޓަލް ކައިރިންނެވެ. ބައިޕޯލާ ބަލީގެ ފަރުވާއަށް އިންޑިއާއަށް ދިޔަ މަހުދީއާއެކު އޭނާގެ ބައްޕަ އާއި ޅިޔަނަކު ވެސް ގޮސް އެބަ އުޅެ އެވެ.
މަހުދީގެ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، 7971667 އަށް ގުޅުމަށް އޭނާގެ އާއިލާއިން އެދެ އެވެ.














