މިހާރު ސަަރުކާރަުން ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫތައް ނިންމާާލެވޭއިރު ރާއްޖޭގެ ނުވަ ރަށެއްގެ ޖަނަަރޭޓަރު ޕީކު ވަގުތުގައި ނިއްވާލެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އަައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ގާއިމު ކުރުމަށް 'ސައިނޮސް - ޔިންގްލީ ކޮންސޯޓިއަމް' ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާާ ވިދާޅުވީ ރާއްޖޭގެ އާބާދީ ބޮޑެތި އެކި ރަށްތަކުގައި އިއާދަކުރަނިވި ހަކަތައިގެ ގިނަ މަޝްރޫތަކެއް ކުރިއަށް ދާކަމަށެވެ. އެ މަޝްރޫތައް ނިންމާލެވުމާއި އެކު ނުވަ ތަށެއްގައި ޕީކް ވަގުތުގައި ޖަނަރޭޓަރު ނިއްވާލެވޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.
"މިހާރު ދެރަށުގެ ޖަނަރޭޓަރު އެބަ ނިވާލެވޭ ދުވާލު ގަޑީގައި. މިހާރު ހިނގަހިނގާ ހުރި ޕްރޮޖެކްޓުތައް އަޅުގަނޑުމެން ނިންމާލުމުން އިތުރު ނުވަ ރަށުން ދުވާލު ގަޑީގައި ޖަނަރޭޓަރު ނިވާލެވޭނެ،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ކުރެވިއްޖެ ކަމަށެވެ. އެގޮތުން، ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މުޅިން އަަލަށް ހަކަތައާ ގުޅޭ ގާނޫނެއް ވުޖޫދު ކުރެވުން ކަމަށެވެ.
"އަަޅުގަނޑުމެންގެ އަމާޒަކީ 2030 ވަނަަ އަހަަރު އަންނަން ވާއިރަށް ދިވެހިރާއްޖެއަކީ ނެޓްޒީރޯ ގައުމަކަށް ހެދުމަަށް އެ އަަމާޒަށް ވާސިލުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން. އަަދި މިއާ އެކީގައި އަޅުގަނޑުމެންނަށް ހާސިލް ކުރެވޭ އަނެއް އަަމާޒަކީ ދިވެހި ރާއްޖެ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން" ޝައުނާާ ވިދާޅުވި އެވެ.

ޝައުނާ ވަނީ ރާއްޖޭގެ ތެލަށް ބަރޯސާވާ މިންވަރު ކުޑަވެގެން ދިއުމަކީ ހަމައެކަނި ތިމާވެއްޓަށް ފައިދާއަަކަށް ކުރެވޭ ކަމެއް ނޫންކަން ފާހަގަކުރައްވާާފަ އެވެ. އަދި، އެކަމުގެ ސަބަބުން ތެލަށް ކުރަން ޖެހޭ ހޭދަ ކުޑަވެ އިގްތިސާދަށްވެސް އެކަމުގެ ސަބަބުން ފައިދާވާނެ ކަމެއް ކަމަށް މިނިސްޓަރ ޝައުނާާ ފާހަގަކުރެއްވި އެވެ. އަަދި ރަށްރަަށުގެ ތަރައްގީއަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި މަންފާތަކެއް ވާނެ ކަމަށް ވެސް މިނިސްޓަރ ފާަހަގަކުރެއްވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައި އިރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ގާއިމްކުރެވިފައި ހުރީ ޖުމްލަ 16 މެގަަވޮޓްގެ ސޯލާ ޕީވީ އެވެ. މި ސަރުކާރުން 36 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމްކޮށްފައިވާކަމަށާއި، އަދި މިހާރު މަސައްކަތް ކުރަމުންދާ ބައެއް މަޝްރޫތަކުގެ ދަށުން 19 މެގަވޮޓް ސޯލާ ޕީވީ ގާއިމްކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.













