އަންނަ މަހުގެ ހަ ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް ހަމަޖައްސަވައިފި އެވެ.
މިދުވަސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސެވީ ރައީސް ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2019/4 (21 ޖަނަވަރީ 2019)ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, މި ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވަވާނެ އެވެ.













