ފަހު ރެލީގައި ވެސް ރައީސް ވިދާޅުވީ އެމްޑީޕީއަށް ދެ ވަނަ ދައުރެއް ހޯދޭނެ ސަބަބުތައް

ހިތަދޫގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނު ވަނީ އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދުމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައި --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން ޓީމް

ހިތަދޫގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނު ވަނީ އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދުމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައި --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން ޓީމް

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ބޭއްވި އެންމެ ފަހު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ޕާޓީއަށް ދެ ވަނަ ދައުރެއް ހޯދޭނެ ކަމަށް ދެކެވަޑައިގަންނަވާ ސަބަބުތައް ހާމަކުރައްވައިފި އެވެ.

އައްޑޫ ސިޓީ ހިިތަދޫގައި ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކެމްޕެއިނުގައި ކުރެއްވި ދަތުރުފުޅުތަކުން ޕްރައިމަރީގެ ނަތީޖާ ސާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މީގެ 30، 40 އަހަރު ނުކުރެވޭ މަސައްކަތް މިދިޔަ ހަތަރު އަހަރު ދުވަހު މިދަނީ ކުރަމުން. މި ވާހަކަ ދައްކަނީ އަޅުގަނޑާއި އަޅުގަނޑުގެ ޓީމުންނެއް ނޫން. އެ ވާހަކަ ދައްކަމުން ދަނީ ރާއްޖޭގެ ރައްޔިތުން. ކޮންމެ ރަށަކުން ވެސް ބުނަމުން ދަނީ މިއިން ޒަމާނަކު ނާންނަ ތަރައްގީ އެބަ އަންނަ ކަމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

Advertisement

ކޯލިޝަނަކާ އެކު ހަތަރު އަހަރު ފުރިހަމަކޮށް ފަސް ވަނަ އަހަރެއް ރައީސް ހޭދަކުރައްވަމުންދާއިރު އެމަނިކުފާނު ވަނީ މާޒީން ދައްކާ ހަގީގަތަކީ ރިޔާސީ އިންތިހާބު ޔަގީން ކުރެވެން އޮތީ އެ މަގު ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، އެމްޑީޕީ އެކަނި ވެރިކަމެއް ކުރާތަން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޯލިޝަނެއްގެ ތެރެއިން މަސައްކަތްކުރާއިރު ދޫތަކެއް ދޭން ޖެހޭ. އެކަމަކު ލިބޭ އެތި މާ ބޮޑު. މެނިފެސްޓޯ ބަރާބަރަށް ތަންފީޒު ކުރެވެމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންނަށް މިއަދު ވެސް އޮތީ ދެ ގޮތެއް ކަމަށާއި އެއީ މި މެނިފެސްޓޯއާ އެކު ކުރިއަށް ދިޔުން ނުވަތަ އަލުން އެނބުރި މަގުމައްޗަށް ނުކުތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ދެވަނަ ދައުރެއްގެ މުހިންމުކަން ފާހަގަކުރެއްވި --- އެމްޑީޕީ ކުރިއަށް ކެމްޕޭން ޓީމް
މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ދެވަނަ ދައުރެއްގެ މުހިންމުކަން ފާހަގަކުރެއްވި --- އެމްޑީޕީ ކުރިއަށް ކެމްޕޭން ޓީމް

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ދެވަނަ ދައުރެއްގެ މުހިންމުކަން ފާހަގަކުރެއްވި --- އެމްޑީޕީ ކުރިއަށް ކެމްޕޭން ޓީމް

"ހުއްޓި ތިބި ހިސާބަކީ މި ކަންކަމާއިގެން ކުރިއަށްދާނީތޯ، ނޫނީ ދާގޮތަށް ގޮސް މަގުމަތިވާނެތޯ ނިންމާ ހިސާބު. މި އިންތިހާބު ޕްރައިމަރީ ނިންމާ ގޮތަށް މިކަން ބުރަވެގެންދާނީ. ސަރުކާރެއް އެކުލަވާލަން ޖެހޭ ކަންކަން ވަރަށް ސާފުކޮށް ފެންނާނެ. އެ ހުރިހާ ކަމެއްގެ މައްޗަށް ވިސްނާވަޑައިގެން، އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށް ލިބޭ ފުރުސަތު ގެއްލުވާލުމަށް އިލްތިމާސްކުރަން،" ރައީސް މިރޭ ވިދާޅުވި އެވެ.

ކެމްޕެއިނުގެ ތެރެއިން އެމްޑީޕީގެ މެމްބަރުންގެ ހިޔާލު ހޯއްދެވި ކަމަށާއި މެމްބަރުން ތިއްބެވީ ތަރައްގީއާއެކު ކުރިއަށްދާން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައްޑޫއަށް ހާއްސަ ސަމާލުކަމެއް

ރައީސް ސޯލިހުގެ ވާހަކަފުޅު ފައްޓަވަމުން ވަނީ 2018 ގެ ކެމްޕޭނު ވެސް އަދި މިއަހަރުގެ ރިޔާސީ ޕްރައިމަރީގައި ވެސް ކެމްޕޭން ނިންމީ އައްޑޫން ކަން ފާހަގަކުރައްވާފަ އެވެ.

"އެ ދުވަހު މުޅި ރާއްޖެއަށް އަޅުގަނޑުމެން ގެންނަން ބޭނުންވި ތަރައްގީ އާއި ބަދަލުގެ މެނިފެސްޓޯ ހާމަކުރީ. އަދި އައްޑޫއަށް ގެންނަން ޖެހޭ ތަރައްގީ ހުށަހެޅީ ތިބޭފުޅުން. އެ ދުވަހު ތިބޭފުޅުން ހަވާލު ކުރި ކަންތައްތައް ބަރާބަރަށް ތި ބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ދަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން، އައްޑޫއަށް ހަ ބިލިއަންގެ އިނެވްސްޓުމަންޓެއް ކުރަމުންދާ ކަމަށާއި އެގޮތުން، މި ސިޓީގައި ގާއިމުކުރަން ޖެހޭ 8،000 އެނދުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އައްޑޫގެ ތަރައްގީއަށް ހުށަހެޅި ގިނަ ކަންކަން ކުރިއަށް އެބަދޭ. ބިން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި 236 ހެކްޓަރު އިތުރުކޮށް ފަސް ރިސޯޓު ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން މިހާރު އެދަނީ. ހަންކެޑެ މަޝްރޫއުގެ އެންމެފަހުގެ ޕްލޭންތައް ކުރެވި އެއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" ރައީސް ސޯލިހު މިރޭ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ބައިވެރިވި އެމްޑީޕީގެ މެމްބަރުން. އައްޑޫ ސިޓީގައި ޕްރައިމަރީގެ ފޯރި ފެންނަނީ ވަރަށް ގަދަކޮށް --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން ޓީމު
މިރޭގެ ޖަލްސާގައި ބައިވެރިވި އެމްޑީޕީގެ މެމްބަރުން. އައްޑޫ ސިޓީގައި ޕްރައިމަރީގެ ފޯރި ފެންނަނީ ވަރަށް ގަދަކޮށް --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން ޓީމު

މިރޭގެ ޖަލްސާގައި ބައިވެރިވި އެމްޑީޕީގެ މެމްބަރުން. އައްޑޫ ސިޓީގައި ޕްރައިމަރީގެ ފޯރި ފެންނަނީ ވަރަށް ގަދަކޮށް --- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން ޓީމު

ހަމައެހެންމެ، އައްޑޫގައި އޮތް ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޝަންގްރިއްލާގެ ވެރިންނަށް އެކަން އަންގައިފި. އޮގަސްޓު ސެޕްޓެމްބަރުގައި ޝަންގްރިއްލާ ހުޅުވޭ ވަރަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފި. އެކަން ކައިރިން ބަލާނަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އައްޑޫގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ދެވަނަ ދައުރެއް އެމްޑީޕީއަށް މުހިންމުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox