މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދެ މިލިއަން މީހުން

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދެ މިލިއަން މީހުން

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން ދެ މިލިއަން މީހުން ބައިވެރިކުރުމަށް ތައްޔާރުވަމުންދާ ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންތައްތަކާބެހޭ ވަޒީރު ޑރ.ތައުފީގު އައްރަބީއާ ހާމަކޮށްފި އެވެ.

ސައުދީ ސަރުކާރުން ވަނީ ހައްޖަށް މީހުން ގެންނަމުން އައި އަދަދަށް ބަދަލު ގެނައުމަށްފަހު މި އަހަރު އަލުން ކޯޓާއަށް ހުޅުވާލަން ނިންމާފަ އެވެ. އެގޮތުން މި އަހަރު ކޮވިޑުގެ ކުރިން ހައްޖުވެރިންނަށް ދިން ހައްޖު ކޯޓާ ހަމަ އެވަރަށް ދޭނެ ކަމަށް ސައުދީ ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

ސައުދީން ބުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ވެސް ހަމަ އެ އަދަދުތަކާ އެކު މި އަހަރު ހައްޖުގެ އަޅުކަން ޕްރީފޯމް ކުރުމަށް ހައްޖުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

Advertisement

މި އަހަރުގެ ހައްޖުވެރިންގެ ކަންކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ޑރ. ތައުފީގު ވިދާޅުވީ، ހައްޖާއި އުމްރާގެ ނިޒާމާ ގުޅުންހުރި އެންމެހާ އިދާރާތަކުން، ވަގުތާއި މަސައްކަތް ސަލާމަތްކުރެވޭނެ ފަދަ ގޮތަކަށް، ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން އުމްރާގެ އަޅުކަމަށްދޭ 30 ދުވަހުގެ ވިސާގެ މުއްދަތު 90 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ. އަދި ކޮންމެ ވިސާއެއްގައި ވެސް މިހާރު އުމްރާގެ އަޅުކަން ކުރުމަށް ސައުދީއަށް އެތެރެވެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު މިދިޔަ އަހަރު ސައުދީން ވަނީ އެއްމިލިއަން މީހުންނަށް ހައްޖު ކޯޓާ ދޫކޮށްފަ އެވެ.

މިދިޔަ އަހަރު ހައްޖުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބުނީ 453 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާއަށް މީހުން ހައްޖަށް ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ.

މި އަހަރު ހައްޖަށްދާ މީހުންނަށް ކުރިން ދިން ކޯޓާއާ އެއްވަރަށް މީހުން ގެންދަން ނިންމާފައިވީ ނަމަވެސް ވަކިވަކި ގައުމުތަކަށް ކޯޓާ ދޭނީ ކިހާ އަދަދަކަށް ކަމެއް ސައުދީން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox