މިއަދާއި މާދަމާ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އޮފީހުން މިއަދު ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ. މެޓް އޮފީހުގެ ވެބްސައިޓުގައި ލަފާކޮށްފައިވާ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ.
އަދި ކަނޑުތައް ގަދަވެ ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ގުުގުރުމާއެކު ބޯކޮށް ވާރޭވެހި ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.












