ކެމްޕެއިނާ ދިމާކޮށް ވަޒީފާ ދިނުމާއި ގޯތި ދޫކުރާ މައްސަލަ ބަލަން އިދިކޮޅުން އޭސީސީގައި އެދިއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޕީޕީއެމްގެ ލީޑާޝިޕް ހާޒިރުވެ ބައެއް މައްސަލަތައް ބަލަން އެދެނީ - ފޮޓޯ: ޕީޕީއެމް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޕީޕީއެމްގެ ލީޑާޝިޕް ހާޒިރުވެ ބައެއް މައްސަލަތައް ބަލަން އެދެނީ - ފޮޓޯ: ޕީޕީއެމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނާ ދިމާކޮށް ސަރުކާރުން މާލެ އާއި ބައެއް ރަށްރަށުން ވަޒީފާ ދިނުމާއި ގޯތި ދޫކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބުނެ އެކަންތައް ބަލައިދިނުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިއްޖެ އެވެ.

އޭސީސީއަށް މިއަދު ވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތޮލާލާއި ޕީއެންސީގެ ނައިބުންގެ ތެރޭގައި ހިމެނޭ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާ އެވެ.

އެ ބައްދަލުވުން ނިންމާލުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އިންތިހާބާ ދިމާކޮށް ކޮންޓްރެކްޓް އުސޫލުގެ ގިނަ ވަޒީފާ ދޫކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރަށް ޝުޖާއު ވިދާޅުވީ އެތެރޭގެ ޕްރައިމަރީއާ ދިމާކޮށް ބައެއް ރަށްރަށުން ގޯތި ދޫކުރުމަކީ ވެސް ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ. ރަށްރަށުގެ ފަޅުތަކުގައި ބިން ހިއްކާފައި އޮންނަތާ އެހާ ދުވަސްވެފައިވާއިރު ވެސް މީގެ ކުރިން ގޯތި ދޫކުރަން އިއުލާންކޮށްފައި ނެތް ކަން ޝުޖާއު ފާހަގަ ކުރެއްވި އެވެ.

"[ކުރީގެ] ރައީސް [އަބްދުﷲ] ޔާމީން ހިއްކާފައިވާ ބިމުން ގޯތި ކަނޑާފައި ދޭނަމޭ ރައީސް ސޯލިހު އެބަ ވިދާޅުވޭ، މި ވޯޓާ ދިމާކޮށް، ހެޔޮ ހިތުން ގޯތި ކަނޑާފައި ދޭން މި އޮތް ހަތަރު ދިޔައީތާ، އެކަމަކު ވޯޓަށް ނުފޫޒު ފޯރުވަން މިހާރު އެ ގޯތި ދޫކުރަނީ،" ޝުޖާއު ވިދާޅުވި އެވެ.

އިންތިހާބުތަކާ ދިމާކޮށް، ވެރިކަން ކުރާ ޕާޓީން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުން ވަނީ އެ މައްސަލަތައް ބެލުމަށް ގޮވާލައިފަ އެވެ.

އެގޮތުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕެއިނުގެ ހޭޝްޓެގުތައް ހިމެނައިގެން އެ ކެމްޕޭނަށް ހިތްވަރު ލިބޭ ގޮތަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ވެރިފައިޑް ޓްވިޓާ އެކައުންޓުން ޓްވީޓު ކުރުން ޓްރާންސްޕޭރެންސީން ވަނީ ކުށްވެރިކޮށްފަ އެވެ.

އެއީ ދައުލަތުގެ އެއްވެސް މުދަލެއް ވަކި ސިޔާސީ ޕާޓީއެއްގެ ބޭނުމަށް ނުވަތަ، ވަކި ޕާޓީއެއްގެ ފައިދާއަށްޓަކައި ބޭނުން ނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox