ދިގު އިންތިޒާރަކަށްފަހު "ބީވީމާ" ގެ ޓިކެޓު އޮލިމްޕަހުން ވިއްކަން ފަށައިފި

ބީވީމާގެ ޓިކެޓެއްގެ އަގު އުޅެނީ 150، 100 ރުފިޔާއަށް -- ފޮޓޯ: ޑާކްރެއިން

ބީވީމާގެ ޓިކެޓެއްގެ އަގު އުޅެނީ 150، 100 ރުފިޔާއަށް -- ފޮޓޯ: ޑާކްރެއިން

ރާއްޖޭގެ މަޝްހޫރު ފިލްމު ޕުރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ބީވީމާ" ގެ ޓިކެޓު އޮލިމްޕަހުގައި މިއަދު ވިއްކަން ފަށައިފި އެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ބީވީމާ އަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން ފެނިގެންދާނެ ފިލްމެވެ. އަޝްފާގެ އިތުރުން އެ ފިލްމުގެ ތަރިންގެ ތެރޭގައި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އައިމިނަތު ރަޝްފާ (އާޝާ) ގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ، އާދަމް ޒިދާން (ނާނަ) ހިމެނެ އެވެ.

އަހުމަދު ޒަރީރު ލިޔެ، އައިޝަތު ފުއާދު ތައުފީގާއި މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކޮށްފައިވާ ފިލްމު ޕްރިމިއާ ކުރާ ރޭގެ ޓިކެޓެއް އުޅެނީ 150ރ. އަށެވެ. އެހެން ރޭތަކުގެ ޓިކެޓު 100ރ. ހުރި އިރު، މިހާރު ވެސް ގިނަ އަދަދެއްގެ ޓިކެޓު ވިކެމުންދާ ކަމަށް ޑާކްރެއިންގެ ވެރިޔާ، މޮގާ ބުންޏެވެ.

އޭނާ ބުނީ ޓިކެޓު ވިއްކަމުން ދަނީ މީގެ ކުރިން ވެސް ޑާކްރެއިންއިން ޓިކެޓު ވިއްކަމުން އައި އަގުގައި ކަމަށެވެ.

"2014 ގައި ވެސް އަޅުގަނޑުމެން ވިއްކަމުން ދިޔަ އަގުގައި މިހާރުވެސް ވިއްކަމުން މިދަނީ، ދެ ޝޯއެއް މިހާރުވެސް އެއްކޮށް ބުކް ކޮށްފައި ހުރީ، އެކަމަކު ޓިކެޓު ބައްލަވައިގަތީމަ އެ ސްލޮޓު ޔަގީން ވާނީ،" މޮގާ ބުންޏެވެ.

އޭނާ ބުނީ އެ ފިލްމަކީ ލޯބީގެ ފިލްމެއް ކަމަށާއި ފިލްމާ މެދު އެއްޗެއް ބުނަން ދޫކޮށްލާނީ ބެލުންތެރިންނަށް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން މި ފިލްމު ބަލާފައި ހަމަ ކަމުދާނެކަން، އެއްޗެއް ބުނަން ދޫކޮށްލާނީ ބެލުންތެރިންނަށް،" މީގެ ކުރިންވެސް ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު ބުންޏެވެ.

ބީވީމާގެ ޓިކެޓު މިއަދު ވިއްކަން ފެށިއިރު، އެ ފިލްމުގެ މަސައްކަތް ނިމި މިއަދާ ހަމައަށް ބެލުންތެރިންނާ ހަމައަށް ނުގެނެސްދެވި އޮތީ މަރާމާތަށް އޮލިމްޕަސް ބަންދުކޮށްފައި ހުރުމާ ގުޅިގެންނެވެ.

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox