ޔާމީން އޯކޭއެއް ނޫން، އެކީގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ: ރައީސް

ޔާމީން އޯކޭއެއް ނޫން، އެކީގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ވާދަވެރިޔާ ރައީސް މުހައްމަދު ނަޝީދަށް މިރޭ ރައްދު ދެއްވައިފި އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިއާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާއިރު ނަޝީދު ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީންއަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކަމަށް ވިދާޅުވެ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.

ޔާމީނަކީ އިންޓަލެކްޗުއަލް އަދި ތައުލީމީ ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު އެގޮތަށް ދެންނެވެން ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު އެހެން ވިދާޅުވުމުން އެމްޑީޕީގެ ބައެއް ބޭފުޅުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިރޭ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ރައީސް ސޯލިހު ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ.

"ނުކުރެވޭނެ އަދި ކުރަން ހެޔޮނުވާ ކަންކަން ހުންނާނެ. ރައީސް ޔާމީން އަޅުގަނޑަށް އޯކޭއެއް ނޫން. ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ ދެވަނަ ދައުރެއް އެމްޑީޕީއަށް ހޯދުމުގެ މުހިންމު ކަމަށް ފާހަގަކުރައްވައި އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ތަފްސީލުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން، ފަސް އަހަރު ތެރޭ އެންމެ ގިނަ މަޝްރޫއުއެއް ހިންގި ސަރުކާރަކީ އެމަނިކުފާނުގެ ސަރުކާރު ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ފުރުސަތު ގެއްލިއްޖެނަމަ ކަން ދިމާވާ ގޮތް އަޅުގަނޑުމެން ދެކެފިން. ދައުލަތުގެ ބަޖެޓުން ހަރަދުކުރާނީ ތަރައްގީގެ މަޝްރޫއުތަކަށްތޯ ނުވަތަ ޕެޕާ ސްޕްރޭ އާއި ކަރަންޓު މުގުރުތޯ ނިންމާނީ ތި ބޭފުޅުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އަދި، މިއީ އެމްޑީޕީއަށް ތާރީހީ ވަގުތު ކޮޅެއް ކަމަށާއި އެއީ، މިއީ އެ ޕާޓީއަށް ވެރިކަމުގައި ދެވަނަ ދައުރަކަށް ދިޔުމަށް ލިބޭ ފުރަތަމަ ފުރުސަތަށް ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑާ އެކު ތިޔަ ބޭފުޅުން މި ފުރުސަތުގެ ބޭނުން ހިއްޕަވާ. އަޅުގަނޑު މި ހުރީ ތައްޔާރަށް. ތަފާތު ބޮޑު ތާއިދަކާ އެކު މި ޕްރައިމަރީ އަޅުގަނޑު ކާމިޔާބު ކުރާނަން. އެކަމާ އެއްވެސް ޝައްކެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ޔާމީނަށް ތައުރީފްކޮށް ނަޝީދު ވާހަކަ ދެއްކެވިއިރު އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ދެއްވާ ތަރުހީބަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. އެހެން ނަމަވެސް، ޔާމީން ވެރިކަމުގައި ހުންނެވި ދައުރުގައި އެމަނިކުފާނަށް އަމާޒުކޮށް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީއަކީ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ މުހިންމު އެތެރޭގެ އިންތިހާބެވެ. ރައީސްކަން ކުރިން ކުރެއްވި ބޭފުޅަކާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވާދަ ކުރައްވާ އިންތިހާބުގައި އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓު ލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox