ގެދޮރުވެރިޔާ ސްކީމްގެ ދަށުންދޭ ފްލެޓުތައް ފުރަތަމަ ފަހަރަށް ދައްކާލައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތް ކުރާ އަމާން އުދަރެހުގެ ތިން ކޮޓަރީގެ އެޕާޓުމަންޓެއް -- ފޮޓޯ: ރައީސް އޮފީސް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތް ކުރާ އަމާން އުދަރެހުގެ ތިން ކޮޓަރީގެ އެޕާޓުމަންޓެއް -- ފޮޓޯ: ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތައް ފުރަތަަމަ ފަހަރަށް ދައްކާލައިފި އެވެ.

އެ ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގެންނެވި އެވެ.

މިއަދު ދައްކާލާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީ އާއި ޖޭއެމްސީ ގުޅިގެން އިމާރާތް ކުރަމުން އަންނަ "އަމާން އުދަރެސް" ގެ ތިން ކޮޓަރީގެ 1400 އެޕާޓުމަންޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ނަމޫނާ ދެ ޔުނިޓެވެ.

ރައީސް ސޯލިހު މިއަދު އަމާން އުދަރެހުގެ ހައުސިން ޔުނިޓެއް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު މިއަދު އަމާން އުދަރެހުގެ ހައުސިން ޔުނިޓެއް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު މިއަދު އަމާން އުދަރެހުގެ ހައުސިން ޔުނިޓެއް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ތިން ކޮޓަރީގެ ޔުނިޓުތަކުގެ ތެރޭގައި ހިމެނެނީ ދެވައްތަރެއްގެ ޑިޒައިން އެވެ. އެގޮތުން, ޓައިޕު އޭގެ އެޕާޓުމަންޓުތައް ޑިޒައިން ކޮށްފައި ވަނީ 10 އަހަރުން ދަށުގެ ކުދިން ތިބޭ އާއިލާތަކަށެވެ. އަދި ޓައިޕު ބީގެ އެޕާޓުމަންޓުތައް ޑިޒައިން ކޮށްފައި ވަނީ ފުރާވަރުގެ ކުދިން ތިބޭ އާއިލާތަކަށެވެ.

titledesc

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ޖޭއެމްސީން މިހާރު އިމާރާތް ކުރަމުން އަންނަނީ އަށް ޓަވަރެވެ. ބާކީ އަށް ޓަވަރު ފުރިހަމަ ކުރާނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގަ އެވެ.

titledesc

އެ ޓަވަރު ތަކުގެ ތެރޭގައި ހިމެނޭނީ 17 ފަންގިފިލާ އަދި 18 ފަނގިފިލާގެ ޓަވަރުތަކެވެ. ކޮންމެ ފަންގިފިލާއްގައި ހުންނާނީ އަށް އެޕާޓުމަންޓެވެ. ކޮންމެ ޓަވަރެއްގެ އެންމެ ތިރީ ފަންގިފިލާ ހާއްސަ ކޮށްފައި ހުންނަނީ ޕާކިންއަށާއި ކޮމާޝަލް ޔުނިޓުތަކަށެވެ. އަދި ފުރަތަމަ ފަންގިފިލާ އެއްކޮށް ހާއްސަކޮށްފައި ހުންނަނީ ކޮމާޝަލް ޔުނިޓުތަކަށެވެ.

މިދިޔަ އަހަރު ފެށި އެ ޕްރޮޖެކްޓު އެއްކޮށް ނިންމާލައި ފުލެޓު ލިބޭ ފަރާތްތަކާ ހަވާލު ކުރާއިރު އެތަނުގައި އާންމުކޮށް ބޭނުންވާނެ ހުރިހާ ކަމެއް ފުރިހަމައަށް ހުންނާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖަރު، ބިޒްނަސް ޑިވެލޮޕްމަންޓު، އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވި އެވެ.

"މިސާލަކަށް އޭސީ ހަރުކުރަން ލޯވަޅު އެޅިފައި ހުންނާނީ، އެގްސޯސްޓު ހަރުކުރަން ވެސް ކަނޑާފައި ހުންނާނީ، ޕްލަގު ޕޮއިންޓުތައް ވެސް ހުންނާނީ ކަނޑާފައި،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހު، ޖޭއެމްސީގެ އިސްވެރިންނާ އެކު -- ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު، ޖޭއެމްސީގެ އިސްވެރިންނާ އެކު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު، ޖޭއެމްސީގެ އިސްވެރިންނާ އެކު -- ފޮޓޯ: ރައީސް އޮފީސް

ޝަމޫލް ވިދާޅުވީ މިހާރު އިމާރާތް ކުރަމުން އަންނަ ޓަވަރުތަކުގެ މަސައްކަތް އަންނަ ޖުލައި ނުވަތަ އޯގަސްޓު މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށާއި އެއަށް ފަހު ބާކީ އަށް ޓަވަރުގެ މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.

މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 26 ގައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 4000 ފުލެޓަށް އެދި 20،697 މީހުން ފޯމު ހުށަހެޅި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ދިވެހިރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox