ސަރުކާރުން އެއްބާރުލުން ނުދޭތީ މާލެ ސިޓީ ކައުންސިލްގެ ކަންބޮޑުވުން

މުއިއްޒު ވިދާޅުވީ ސަރުކާރުން އެތައްކަމެއް ހިފަހައްޓާފައި އޮތުމުން ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް ހުރަސް އެޅޭކަމަަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މުއިއްޒު ވިދާޅުވީ ސަރުކާރުން އެތައްކަމެއް ހިފަހައްޓާފައި އޮތުމުން ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް ހުރަސް އެޅޭކަމަަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ހުރަސްއަޅާ ކަމަށް ބުނެ އަނެއްކާވެސް ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރުން އަންނަނީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށްވާ ލާމަރުކަޒީ ނިޒާމާ ހިލާފުވަމުން ކަމަށެވެ.

މާލެ ސިޓީގެ ލޭންޑު ޔޫސްޕްލޭން ފާސްނުކޮށްދީ ލާމަރުކަޒީ ނިޒާމުގެ ގާނޫނުގެ ބާރު ކަނޑުވާލާފައިވާކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.

އަދި، އެކި ގޮތްގޮތުން ސަރުކާރުން އަންނަނީ ކައުންސިލަށް ފިއްތުންތައް ކުރިމަތިކުރަމުންކަން ފާާހަގަކޮށް މުއިއްޒު ވިދާޅުވީ، ހައުސިންް މައްސަލާގައި ސިޓީ ކައުންސިލުންް ހުށަހެޅި އެއްވެސް ކަމަކަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށެވެ.

އަދި، މާލޭގެ ލޭންޑް ޔޫސް ޕްލޭން ހުށަހެޅިތާ އަހަރަކާއި ދެމަސް ވީ އިރު ވެސް ފާސްކޮށްފައި ނުވާ ކަމަށާއި، އޭގެ ސަަބުން ރައްޔިތުންނަށް ނުހަނު ބޭނުންތެރި އެތައް މަސައްކަތްތަަކަކަށް ވަނީ ހުރަސް އެޅިފައި ކަމަށް ވިދާޅުވެފައި ވެއެވެ.

"ކައުންސިލުގެ ކޮމްޕެނީ އުފައްދަން ހުއްދަ ނުދީ އެއް އަހަރާ ހަތަރު މަސް. އޭގެ ސަބަބުން ކައުންސިލްގެ ސްޓްރިޖެޓިކް އެކްޝަން ޕްލޭނުގައި ހުރި ވަރަށް ގިނަ ކަންކަން މާލީ ގޮތުން ދެކޮޅު ޖެހޭ ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައި" މުއިއްޒު ވިދާޅުވެފައި ވެއެވެ.

މިފަދަ އެހެން ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަރުކާރާ ސިޓީ ކައުންސިލާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އާންމުކޮށް ދެބަސްވުންތައް އުފެދި އެ މަޝްރޫއުތައް މާލޭގައި ހިނގަމުން އަންނަނީ ވަރަށް ލަސް ސްޕީޑެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox