އައްޑޫގައި ގާއިމު ކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓު ޖުލައި މަހަށް ނިންމަނީ

އައްޑޫގައި ގާއިމު ކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓު ޖުލައި މަހަށް ނިންމަނީ

އައްޑޫގައި ގާއިމު ކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓުގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމާލެވޭތޯ މަސަައްކަތް ކުރަމުން އަންނަ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ކުނިން ހަކަތަ އުފައްދައި ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް އެންމެ ފުރަތަމަ އައްޑޫގައި ގާއިމު ކުރުމަށް ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އެ ޕްލާންޓު ރާއްޖޭން ބޭރުން ޑިޒައިންކޮށް ހެދުމަށްފަހު މިހާރު ވަނީ އައްޑޫގައި ބެހެއްޓުމަށް ގެންގޮސްފަ އެވެ.

ކުނިން ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތް މިނިސްޓަރީގެ ބޭފުޅުން ބައްލަވާލައްވަނީ -- ފޮޓޯ: މިނިސްޓަރީ
ކުނިން ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތް މިނިސްޓަރީގެ ބޭފުޅުން ބައްލަވާލައްވަނީ -- ފޮޓޯ: މިނިސްޓަރީ

ކުނިން ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތް އެންވައިރަންޓު މިނިސްޓަރީގެ ބޭފުޅުން ބައްލަވާލައްވަނީ -- ފޮޓޯ: މިނިސްޓަރީ

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ އެ ޕްލާންޓުގެ އިންސްޓޯލޭޝަން މަސައްކަތުގެ 95 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރަމުން ދަނީ އެ ޕްލާންޓު ހިންގުމަށްޓަކައި ހަދަންޖެހޭ ކޮންޓްރޯލް އިމާރާތާއި ވޭސްޓު އިންޓޭކު ބިލްޑިންގެ މަސައްކަތް ކަމަށެވެ.

އައްޑޫގައި ގާއިމު ކުރާ އެ ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކޮށްފައިވާ ޕްލާންޓެކެވެ. އެ ޕްލާންޓުން 1.5 މެގަވޯޓުގެ ކަރަންޓު އުފައްދާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެ އެވެ.

އެ ޕްލާންޓުން އުފައްދާ ހަކަތައިގެ ތެރެއިން އެއް މެގަވޯޓުގެ ހަކަތަ އައްޑޫގެ ސެންޓްރަލް ގްރިޑާ ގުޅާލާނެ އެވެ. ބާކީ 500 ކިލޯވޯޓުގެ ހަކަތަ ބޭނުން ކުރާނީ އެ ފެސިލިޓީގެ ބޭނުމަށެވެ.

އައްޑޫގައި ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ދެކުނު ކޮރެއާގެ ކުންފުނި، ލޮޓަސް ކުންވަ ޖޮއިންޓް ވެންޗާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox