ޔާމީނަށް ކުރި ހުކުމާމެދު މަޝްވަރާ ކުރަން އިދިކޮޅުން އީޔޫއާ ބައްދަލުކޮށްފި

އިދިކޮޅު ކޯލިޝަނުގެ ވަފުދު ލަންކާގައި -- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ކޯލިޝަނުގެ ވަފުދު ލަންކާގައި -- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިސް އޮފިޝަލުން ލަންކާގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ސަފީރުންނާ ބައްދަލުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާ މެދު މަޝްވަރާކޮށްފި އެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި އެ ކޯލިޝަނުން ބައިވެރިވި ޓީމުގައި ޔާމީނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، އަދި ޔާމީނުގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އީޔޫގެ ގައުމުތަކުގެ ތެރެއިން އެ މަޝްވަރާތަކުގައި ބައިވެރިވީ ޖަރުމަނު، ނެދަލޭންޑްސް، ފްރާންސް، އިޓަލީ އަދި ރޯމޭނިއާގެ ސަފީރުންނެވެ.

ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުން އެ މަޝްވަރާތަކުގައި އެ ފަރާތުން ވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރި ހުކުމަކީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ ޔާމީނަށް އިންސާފު ހޯދައިދިނުމަށް އީޔޫގެ ގައުމުތަކުގެ އަރިހުން އެދިފަ އެވެ. އަދި މި ސަރުކާރުން ރާއްޖޭގެ ޑިމޮކްރަސީ ނެގެހެއްޓުމަށް ނުކުޅެދިފައިވާ ކަމަށް ވެސް އެ ކޯލިޝަނުން މަޝްވަރާތަކުގައި ފާހަގަކުރި ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ ޔާމީނަކީ އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ބުނާ ބުނުން ތަކުރާރުކޮށް، ޔާމީނަށް އިންސާފު ހޯދުމަށް ކުރެވެންހުރި މަސައްކަތެއް ކުރާނެ ކަމަށް އަނެއްކާ ވެސް ބުނެފަ އެވެ.

ޔާމީން ޖަލަށްލާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި، އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ސާބިތުވުމުންނެވެ. ޔާމީން މިހާރު ހުންނެވީ ކްރިމިނަލް 11 އަހަރުގެ ޖަލު އެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox