ޔާމީނަށް ވާދަނުކުރެވޭ އިންތިހާބެއް އިދިކޮޅުން ގަބޫލެއް ނުކުރާނެ

ރައީސް އަބްދުﷲ ޔާމީން ސިޔާސީ ޕޯޑިއަމެއްގައި؛ ޔާމީނަށް ވާދަނުކުރެވޭ އިންތިހާބެއް ގަބޫލުނުކުރާނެ ކަމަށް ޕީޕީއެމް ޕީއެންސީން ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އަބްދުﷲ ޔާމީން ސިޔާސީ ޕޯޑިއަމެއްގައި؛ ޔާމީނަށް ވާދަނުކުރެވޭ އިންތިހާބެއް ގަބޫލުނުކުރާނެ ކަމަށް ޕީޕީއެމް ޕީއެންސީން ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ގޮތަށް ބާއްވާ ރިޔާސީ އިންތިހާބެއް ގަބޫލުނުކުރެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި، އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެފައި އޮތް ނަމަވެސް ޕީޕީއެމް/ޕީއެންސީއިން ދަނީ އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން، އަންނަ ފެބްރުއަރީ މަހު 2 އިން 4 އަށް ރިޔާސީ ކެމްޕޭންގެ ބޮޑު ކޮންފެރެންސެއް ވެސް އޮންނާނެ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ލީޑަރު ޔާމީން ބައިވެރިނުވެވޭ ގޮތަށް ޖަލަށް ލައިގެން ބާއްވަން މަސައްކަތް ކުރާ އިންތިހާބެއްގެ މިނިވަން އިންސާފުވެރިކަމެއް ނޯންނާނެ ކަމަށެވެ.

"ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތަށް މި ސަރުކާރުން ބާއްވަން އުޅޭ އިންތިހާބަކީ އެއްވެސް އިންސާފުވެރި، މިނިވަން އިންތިހާބެއް ކަމަކަށް ގަބޫލެއް ވެސް ނުކުރާނަން،" ހީނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޕީޕީއެމް/ޕީއެންސީން ވަނީ ޔާމީން ވާދަނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބު ބޭއްވުމަށް ފުރުސަތު ނުދެވޭނެ ކަމަށް ބުނެފަ އެވެ. ޔާމީން މިނިވަންކުރަން ގޮވާލައި، އިދިކޮޅުން ގިނަ ހަރަކާތްތަކެއް ހިންގާއިރު، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން އެބަ ދެ އެވެ.

ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ޕާޓީގެ ލީޑާޝިޕުން ވަނީ ބައެއް އަތޮޅުތަކުގައި ކެމްޕޭން ހަރަކާތްތައް ވެސް ހިންގަވައިފަ އެވެ. އަންނަ މަހު ފަށާ ކޮންފެރެންސްގައި ވެސް ޕާޓީގެ ލީޑާޝިޕާއި، ޕާލިމެންޓްރީ ގްރޫޕާއި، ސެނެޓް މެންބަރުން ހިމެނޭހެން 1،500 މެންބަރުން ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox