ކެމްޕޭނު ދަތުރާ ދިމާކޮށް އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ހަވާލުކޮށްފި

އިހަވަންދޫގައި އަޅާ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހެލްތު މިނިސްޓްރީ

އިހަވަންދޫގައި އަޅާ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހެލްތު މިނިސްޓްރީ

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އިހަވަންދޫއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެ ރަށުގައި ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ ރަސްމިއްޔާތެއްގައި އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލު އެޅުމަށް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކާ އެވެ. އެ އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލާއި، އެކޮމޮޑޭޝަން އިމާރާތެއް އަދި ސާވީސް އިމާރާތެއް 18 މަސް ދުވަހުގެ ތެރޭގައި އަޅާ ނިންމަންޖެހެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންސް ކުރާ މި މަޝްރޫއަށް ޖުމްލަ 123,303,792 ރުފިޔާ ހަރަދުވާނެ ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ފާހަގަވި އިހަވަންދޫގެ ހޮސްޕިޓަލު އެޅުން ލަސްވެ އެ ރަށުގެ ރައްޔިތުން ވަނީ އެކަމުގެ ނުރުހުންވެސް ފާޅުކޮށްފަ އެވެ.

ހޮސްޕިޓަލު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ރައީސް ސޯލިހު މިއަދުގެ ވަގުތެއްގައި އެ ރަށަށް ވަޑައިގަންނަވާނެ އެވެ.

އެކަމާ ގުޅިގެން ޕްރައިމަރީ ކެމްޕޭނުގެ ތެރެއިން މި މަހުގެ ހަތް ވަނަ ދުވަހު ނ. ވެލިދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވަނީ އެ ހޮސްޕިޓަލުގެ މަސައްކަތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރަކާއި ހަވާލުކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.

ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ރައީސް ސޯލިހު ބޭނުންކުރައްވާ ކަމަށާއި، އެއްވެސް ޕްލޭނެއް ނެތި ޕްރޮޖެކްޓުތައް ފައްޓަވަމުންދާ ކަމަށް އެމަނިކުފާނަށް ދެކޮޅަށް ނުކުންނަވައިގެން ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދަނީ ތުހުމަތު ކުރައްވަމުންނެވެ.

ނަޝީދުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓާލުމަށާއި، އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox