ނަޝީދުގެ ތައުރީފު ޔާމީނަށް؛ ރައީސް ސޯލިހަށް ވުރެ ޔާމީން މާ ގާބިލު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު؛ ނަޝީދު ވިދާޅުވީ ސޯލިހަށް ވުރެ ޔާމީން ވެސް ގާބިލް ކަމަށް-- ފޮޓޯ: މުހައްމަދު ޝާބިލް/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު؛ ނަޝީދު ވިދާޅުވީ ސޯލިހަށް ވުރެ ޔާމީން ވެސް ގާބިލް ކަމަށް-- ފޮޓޯ: މުހައްމަދު ޝާބިލް/ އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޔާމީނަކީ ކިޔަވައިގެން ހުންނެވި ވަރަށް ތަންދޮރު ދަންނަ ބޭފުޅެއް ކަމަށެވެ.

"ރައީސް ޔާމީނަކީ އިންޓަލެކްޗުއަލް ބޭފުޅެއް، އެކަޑެމިކް ބޭފުޅެއް، ތަންދޮރު އިނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއް، އަޅުގަނޑު ނުދެކެން އެއީ އެހާ ތަފާތު ބޭފުޅެއްގެ ގޮތުގައެއް،" ޔާމީން ވެރިކަމުގައި ހުންނެވިއިރު، އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ނަޝީދު ޔާމީނަށް ތައުރީފް ކުރައްވަމުން ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު އެގޮތަށް ދެންނެވެން ނޯންނާނެ ކަމަށެވެ.

"އަޅުގަނޑަކަށް ނުދެންނެވޭނެ މިހާރުގެ ރައީސް އެގޮތަކަށެއް،" ރައީސް ނަޝީދު

ޕީޕީއެމްއާއި ޔާމީނާ މެދު އެއްވެސް ރުޅި ވެރިކަމެއް ނެތް ކަމަށާއި ޔާމީނާ މެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކަން ފާހަގަކުރައްވައި ނަޝީދު ވަނީ އިންޑިއާއާއެކު ރާއްޖެ އޮތް ގުޅުން ވަރަށް ބޮޑަށް ދިފާއު ކުރައްވާފަ އެވެ.

"އިންޑިއާއާ ދެކޮޅަށް ހިންގާ މިފަދަ ކަންކަމަކީ ހުތުރު ކަންކަން، ކިހިނެއްތޯ ގައުމެއް އައުޓޭ ކިޔާފައި އެކަހަލަ ޒެނޯފޯބިކް ކަންކަން ކުރަމުން ގެންދިއުމަކީ އެއްގޮތަކަށް ވެސް ތަރައްގީ ވަމުން އަންނަ ގައުމެއްގެ ވިސްނުމަކަށް ވެގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

މިކަމާ މެދު ޔާމީން ވިސްނަވައި، އެ ހިޔާލު ދޫކޮށްލެއްވުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި މި ކަމުގައި "ދެ ބައި މީހުން" އެކައްޗެއް ކިޔަން ތަކުރާރުކޮށް އެދިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ފުށޫ އަރާފައި މި އޮންނަނީ ހަމަ އެންމެ މައްސަލައެއް، އެ މައްސަލަ އަޅުގަނޑު ދެކެން [ޕީޕީއެމުން] ހައްލެއް ގެންނަވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ދެއްވާ ތަރުހީބަށް ވަރަށް ބޮޑަށް ނަޝީދު ޝުކުރު އަދާކުރެއްވި އެެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވާނީ މިހާރު ވެރިކަމުގައި ހުންނެވީ ރައީސް ސޯލިހެވެ.

ޔާމީނަށް މިއަދު ތައުރީފު ކުރެއްވިއިރު، ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox