ރައީސްގެ ރައްދު ނަޝީދަށް: "ނިމިއްޖެ، ނިމިއްޖެ، ނިމުނު ކަންކަމުގެ ލިސްޓު މާ ދިގު"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ ޕްރައިމަރިގެ ވާދަވެރިޔާ ނަޝީދާއެކު-- ފޮޓޯ: އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ ޕްރައިމަރިގެ ވާދަވެރިޔާ ނަޝީދާއެކު-- ފޮޓޯ: އަދަދު

އެތައް ސަތޭކަ މަޝްރޫއެއް ނިމިފައިވާ ކަމަށާއި ނިމިފައިވާ ކަންކަމުގެ ވާހަކަ ދައްކާ ހުސްނުވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނާއެކު ޕްރައިމަރީގެ ވާދަ ކުރައްވާ މުހައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް މިއަދު ދެއްވައިފި އެވެ.

ނަޝީދު ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި ވަނީ މި ސަރުކާރުގެ ޝިއާރަކީ ތަރައްގީ "އަންނަނީ، އަންނަނީ" ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ސަރުކާރުގެ ސްލޯގަން އަކީ ޝިއާރަކީ އޮލިމްޕަހުގައި އަޅުވާނެ އަންނަނީ، އަންނަނީ، ދެން އަންނަނީ މިއަންނަ ކުއާޓާގައި އަންނާނެ ދެން އަންނަ ކުއާޓާގައި އަންނާނެ. އަންނަނީ، މިފިލްމެއް ނުއެއް ފެނުނު. ހަމަ އަންނަނީ،" ކާނިވަލުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަށް ރައްދު ދެއްވަމުން އައްޑޫ މީދޫގައި މިއަދު ބޭއްވި ކެމްޕެއިނު ހަރަކާތެއްގައި ރައީސް ވިދާޅުވީ ހަމައެކަނި އައްޑޫއަށް ބެލި ނަމަވެސް ފެންނަނީ ކަންކަން ނިމިފައިވާ މަންޒަރު ކަމަށެވެ.

"މީދޫ ދާއިރާ، ހުޅުމީދޫ އަށް ބެލިނަމަވެސް ބުނެލަން އޮތް އެއްޗަކީ ނިމިއްޖެ، ނިމިއްޖެ، ނިމިއްޖޭ،" ރައީސް ވިދާޅުވި އެވެ.

ސިއްހީ މަރުކަޒާއި ބަނދަރާއި ފުޓްސަލް ދަނޑާއި ހުޅުމީދޫ ބޮޑުމަގާއި އިޖުތިމާއީ މަރުކަޒު ޓެންޑާ ކުރެވިފައިވާ ކަމަށާއި ދަނޑުތައް ވެސް ނިމިއްޖެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ "ނިމިއްޖެ" ކިޔާފައި ކިޔަން އޮތް ލިސްޓު މާ ދިގު ކަމަށެވެ.

"ނިމިއްޖެ ނިމިއްޖެ ކިޔަން ވެއްޖެއްޔާ ދިގު ލިސްޓަކަށް ވާނެ،" އެމަނިކުފާނުގެ ވިސްނުން ހުންނެވީ ދެން ހުރި ކަންކަން ނިންމުމަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުން އަންނަނީ އައްޑޫ ސިޓީގެ ރައްޔިތުން އަތުން، ލިޔެ ތައްޔާރު ކުރި މެނިފެސްޓޯގައި ވާ ގޮތަށް ކަމަށެވެ.

ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެ އެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މިއީ ރިޔާސީ ޕްރައިމަރީއެއްގައި ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ނަޝީދު މީގެ ކުރިން ދެ ފަހަރަކު ވާދަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox