ރައީސް ވިދާޅުވީ އެމްޑީޕީގައި ވެރިކަން ހޯދައިދެވޭނެ އެހެން މީހަކު ނެތް ކަމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރަދޫފޭދޫ އެމްޑީޕީ މެންބަރުންނާ ވާހަކަ ދައްކަވަނީ--- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރަދޫފޭދޫ އެމްޑީޕީ މެންބަރުންނާ ވާހަކަ ދައްކަވަނީ--- ފޮޓޯ: އެމްޑީޕީ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ އެހެން މީހަކު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހު ފަހުކޮޅު ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިހާރު އައްޑޫއަށް ކުރަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫފޭދޫ މެންބަރުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބާ ޕްރައިމަރީ ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

"ޕާޓީގެ ކެންޑިޑޭޓެއް ދެވިދާނެ، އެހެންނަމަވެސް އެމްޑީޕީއަކީ ވިސްނުމެއް ގެންގުޅޭނެ ބައެއް، ރާއްޖެ ތަރައްގީ ކުރުމަށް އެބަ ގެންގުޅޭ ޕްލޭނެއް، އެކަން ކުރެވެން އޮތީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ތަރައްގީގެ ކަންކަން ނުހުއްޓި ކުރިއަށް ގެންދިއުމުގައި އެމްޑީޕީ ޕްރައިމަރީއަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވޯޓު އަޅަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ގައުމީ ވިސްނުމެއް އެބަގެންގުޅެން ޖެހޭ، މުޅި ރާއްޖެ ތަރައްގީ ކުރުމަށް އަޅުގަނޑުމެން ރާވާފައިވާ ޕްލޭނާ މެނިފެސްޓޯ ތަންފީޒު ކުރަން އެބަ ޖެހޭ،"

ވެރިކަމަށް އާދެވޭނީ ކޯލިޝަނަކަށް ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ ހަމައެކަނި އެމްޑީޕީ މެންބަރުންގެ ވޯޓުން ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ ވޯޓާ ވެސް ލައިގެން ކަމަށެވެ.

"އެހެންވީމާ [ރިޔާސީ އިންތިހާބު ކާމިޔާބު ކުރުުމަށް] އެމްޑީޕީއާއެކު އެހެން ބައެއްގެ ތާއީދު ހޯދަން އެބަ ޖެހޭ، އެކަން ކުރެވޭނެ އެހެން މީހަކު އެމްޑީޕީގައި މިވަގުތު ނެތް،" އެމަނިކުފާނަކީ އެމްޑީޕީއަށް އޮތް ހަމައެކަނި ޗޮއިސް ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ރައީސް ވިދާޅުވި އެވެ.

"ވެރިކަމަށް އާދެވޭނެ ގޮތް އެބައޮތް، ވެރިކަމަށް އައިސް ކަންތައް ކުރެވޭނެ ގޮތް އެބައޮތް، ދެން ކީއްކުރަންތޯ އެހެން ގޮތެއް ހިޔާރުކުރަނީ؟" ރައީސް ސޯލިހު

ރައީސް ވިދާޅުވީ މަޖިލީހުގައި 25 އަހަރު ހޭދަކުރައްވައި، އަދި ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވާފައި ގޭގައި އޮންނަން ފަސޭހަ ނަމަވެސް ދެ ވަނަ ދައުރަކަށް ވާދަކުރަން ނިންމެވީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ؛ "ޕާޓީއަށް ޓަކައި" ރިޔާސީ ވައުދުތައް ފުއްދުމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދައުރުގައި ފަށާފައިވާ މަޝްރޫއުތައް ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ އެ ކަންކަން ނިންމޭނީ "ފެށި ބަޔަކަށް" ކަމަށެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޯލިޝަން ހަދައިގެން ސަރުކާރު ހިންގުމާ ނަޝީދު ފާޅުގައި ދެކޮޅު ހައްދަވަމުން އަންނަވައިރު، ރައީސް އަންނަނީ ކޯލިޝަނާ ނުލައި ވެރިކަމަށް ނާދެވޭނެ ކަމަށް ތަކުރާރު ކޮށް ވިދާޅުވަމުންނެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް ރައީސް އެންމެ ބޮޑަށް ޖައްސަވާ ހިސާބަކީ ވެސް ކޯލިޝަނަކާ އެކު އިންތިހާބަށް ކުރިމަތިލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox