މުޅި ރާއްޖޭގެ ތަރައްގީއަށް އައްޑޫގެ ތާއީދު މުހިންމު: ރައީސް

ރައީސް ހިތަދޫ ދެކުނު ދާއިރާގެ މެންބަރުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: އެމްޑީޕީ

ރައީސް ހިތަދޫ ދެކުނު ދާއިރާގެ މެންބަރުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: އެމްޑީޕީ

ރާއްޖެއަށް ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް ވަރަށް މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އިންތިހާބު ބޮޑުތަނުން ކާމިޔާބުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފަ އެވެ.

"ކޮވިޑުގެ ދަތިކަމާއެކުގައި ދިޔަ ދެ އަހަރު ވެސް ހިމަނައިގެން އަޅުގަނޑުމެން އެކި ދާއިރާތަކަށް ކޮށްދެމުން އަންނަ މަސައްކަތްތައް ރައްޔިތުން ގަބޫލުކުރާ، ރައްޔިތުން ބޭނުން ވެފައި ތިބި، އެ ރައްޔިތުން އެބަ ބޭނުންވޭ މިކަން ކުރިއަށް ގެންދަން،" އިންތިހާބު ކާމިޔާބުވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް މިފަދަ ބޮޑު ތަރައްގީއެއް ގެނެސްދިން އިތުރު ސަރުކާރެއް މިހާތަނަށް އައިސްފައިވާ ކަމަށް ލިޔެކިޔުންތަކުން ނުފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އައްޑޫގެ ތަރައްގީއަށް ފަށާފައިވާ މި މަސައްކަތްތައް ނިންމުމަށް އައްޑޫ ރައްޔިތުންގެ ތާއީދު ބޭނުންވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ތާއީދު މުޅި ރާއްޖޭގެ ތަރައްގީއާ ގުޅިފައިވާ ކަމަށެވެ.

މާލޭ މަޖީދީމަގުގައި ވިޔަފާރިކުރާ މީހަކު ރައީސަށް ތާއީދު ކުރި ވާހަކަ އަލުން ހިއްސާ ކުރައްވައި ރައީސް ވިދާޅުވީ 2018 ގެ ފަހުން ވިޔަފާރިއަށް ބޮޑެތި ފައިދާތަކެއް ވަމުން އަންނަ ކަމަށާއި އެކަން ވީ ރައީސްގެ ސަބަބުން ކަމަށް އޭނާ ބުނި ކަމަށެވެ.

"މަޖީދީ މަގުގައި ވިޔަފާރިކުރާ އެ މީހާގެ އިހުސާސްތަކަށް ތަސައްލީއެއް ލިބޭނީ އައްޑޫ ރައްޔިތުންގެ ތާއީދު ލިބިގެން، މި ސިޓީގެ ތަރައްގީއަށާއި އަދި މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކުގެ ތަރައްގީއަށް ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށް މި ދާއިރާގެ ތާއީދު އަޅުގަނޑަށް މުހިންމު،" އައްޑޫ ސިޓީން ލިބޭ ތާއީދު ބޭކާރު ނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއަކީ މާލެއަށް ފަހު ދެން އެންމެ ގިނަ މެންބަރުން ރިޔާސީ އިންތިހާބުގައި ވޯޓުލާނެ ސިޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox