ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ތައުލީމީ ދާއިރާއަށް ކަމަށް

ފޭދޫ ސުކޫލުގެ އަހަރީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ފޭދޫ ސުކޫލުގެ އަހަރީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ފާއިތުވީ ހަތަރު އަހަރުތެރޭގައި މި ސަރުކާރުން އެންމެ އިސްކަމެއް ދީފައިވާ ދާއިރާއަކީ ތައުލީމީ ދާއިރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސ. ފޭދޫ ސުކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދަރިންނަށް ކިޔަވައިދީގެން، މުޅި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ.

"މި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި އެ ރަށެއްގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރާނެ ތައުލީމީ މީހުން ބިނާ ކުރުމަށް، ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެންމެ އިސްކަމެއް ދޭނެ ކަމަކީ އެއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ތައުލީމީ ދާއިރާ ކުރިއަރުވައި، ތައުލީމީ ޒުވާނުން ބިނާ ކުރުމަށް ފާއިތުވީ ހަތަރު އަހަރު ސަރުކާރުން ކޮށްފައިވާ ކަންކަން ބައެއް ތަފާސްހިސާބުތަކާއެކު ހިއްސާކުރައްވާފަ އެވެ.

ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ހިލޭ ޑިގްރީ ފެންވަރަށް ކިޔަވައިދޭން ފެށުމާއި ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކުޑަކުރުމާއި ލޯނު މުއްދަތު ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދިނީ ވެސް ތައުލީމީ ޒުވާނުން ބިނާ ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި، ރާއްޖޭގެ ފުރަތަމަ ފަހަރަށް ތައުލީމުގެ ގާނޫނެއް އެކުލަވާލައި، ތަންފީޒު ކުރަން ފެށުނު ކަން ފާހަގަކުރަައްވައި ދަރިވަރުންގެ އެތައް ހައްގެއް މިހާރު ކަށަވަރުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދެންނެވި ގާނޫނުން ތައުލީމީ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ ސުކޫލު މާހައުލުގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު މިހާރަށް ވުރެ ފުޅާ ގޮތެއްގައި ފޯރުކޮށްދެވޭ ގޮތަށް ބަދަލުވެގެން ދިއުން،" ރައީސް ވިދާޅުވި އެވެ.

މި ބަދަލުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވެމުން އަންނައިރު، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގައި މިހާތަނަށް 26،000 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރެވިފައިވާ ކަން ފާހަގަކުރެއްވި އެވެ.

މާލީ ގޮތުން އަގު ނުކުރެވުނު ނަމަވެސް، ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެޑިއުކޭޝަން އޮފިސަރުންގެ މުސާރަ މި ދައުރުގައި ބޮޑުކޮށްދީފައިވާ ކަމަށާއި އެހެނިހެން މުވައްޒަފުންގެ އެލަވަންސަށް ވެސް މި ދައުރުގައި ބަދަލުގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލީ އިނާޔަތުގެ އިތުރުން ފަންނީ ގޮތުން ކުރިއެރުން ހޯދުމަށް ޕްރިންސިޕަލުން ތަރައްގީކުރި ޕްރޮގްރާމްގައި މިހާރު ވެސް 18 ޕްރިންސިޕަލުން ތަމްރީނު ކުރެވެމުން އަންނަ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސެޓެލައިޓް ސުކޫލު ވެސް ބައެއް ރަށްރަށުގައި ގާއިމްކޮށް ކިޔަވައިދޭން ފެށުނު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ އެއްވެސް ތަފާތު ކުރުމެއް ނެތި، ވަކި އުމުރެއްނެތި އުނގެނުމުގެ ހައްގު ހޯދުމަށް ފެށުނު ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސުކޫލުތައް މިހާރު ހުންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުދިންނަށް ކިޔަވައިދިނުމުގައި އެއްވެސް އަތޮޅެއް، ރަށެއް އަދި އެއްވެސް ދަރިވަރެއް ބާކީ ނުކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox